IMG_5626

ފެރިދޫ ބަނދަރުގެ ހުޅަނގު ތޮށީގައި އަޅާފައިވާ އޮޑިދޯނިފަހަރު އެހެން ދިމާލަކަށް ބަދަލުކުރަން އަންގައިފި

އއ. ފެރިދޫ ބަނދަރުގެ ހުޅަނގު ތޮށީގައި އަޅާފައިވާ އޮޑިދޯނިފަހަރު އެހެން ދިމާލަކަށް ބަދަލުކުރުމަށް ކައުންސިލުން އަންގައިފިއެވެ.
ފެރިދޫ ކައުންސިލުން ބުނީ އެރަށު ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ބަނދަރަށް ބޮޑުކުރެވޭ ބަޔާއި މިހާރުގެ ބަނދަރާއި ގުޅުވާލުމަށްޓަކައި، މިހާރުގެ ބަނދަރުގެ ހުޅަނގު ތޮށީގެ ބޮޑުބައެއްގެ ބޮލޮކްތައް ކައިރި މުސްތަޤްބަލެއްގައި ނައްޓާލަންޖެހޭނެތީވެ، މިހާރުގެ ބަނދަރުގެ ހުޅަނގު ތޮށީގައި އަޅާފައިވާ އޮޑިދޯނިފަހަރު، ބަނދަރުހެނދުމުގެ މަސައްކަތަށް ދަތިނުވާނެގޮތަށް، ރައްކާތެރި އެހެން ދިމާލަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.
ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ބަނދަރު ބޭނުންކުރާ ފަރާތްތަކާއި އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކަށް އަދި ޢާއްމު ރައްޔިތުންނަށް، ލަފާފުރުމާއި އަދި އެނޫންވެސް ގޮތްގޮތުން، އެކިއެކި ދަތިތައް ދިމާވުމަކީ އެކަށީގެންވާކަމެއްކަމަށް ކައުންސިލުން ހާމަކުރެއެވެ.
އަދި ރަށުގެ ތަރައްޤީއަށް ކުރެވޭ މިމަސައްކަތް ހިނގަމުންދާއިރު، އެންމެހާ ރައްޔިތުން ކެތްތެރިކަމާއި އެކު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން މި މަޝްރޫޢު ހިންގާ ފަރާތަށް ދިނުމަށްވެސް ރަށު ކައުންސިލުން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!