މަސްވެރިންނާއި ދަތުރުވެރީންނަށް ޚާއްޞަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން "ރަސް އައިނު" އިފުތިތާޙު ކޮށްފިއެވެ.
މި އެޕް އިފްތިތާހު ކޮށްފައި ވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އެއަރ ކޯރ އިފުތިތާހު ކުރުމަށާއި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފު ކުރުމަށް ނ. މާފަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި އެޕުން މޫސޫމީ އިންޒާރުތަކާއި، ކޯސްޓް ގާޑުގެ މުހިންމު މެސެޖުތައް ބެލެން ހުރެއެވެ. އަދި މަސްވެރިންނަށް މަސްއައިނު ހޯދުމަށާއި، އެހެނިހެން މުހިންމު ކަންކަމަށް މި އެޕްލިކޭޝަން ބޭނުންކުރެވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރޭގެ ޖަލްސާގައި، އެޕް ލޯންޗް ކުރުމަށްފަހު އާއްމުކުރި ރިޕޯޓުގައި ވާގޮތުން، މި އެޕްގައި ދިވެހިރާއްޖޭގެ މެޕް ހިމަނާފައި ވާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ނެރޭ އެލާޓް ފަދަ މުހިންމު މައުލޫމާތު ހިމެނޭނެއެވެ.
މި އެޕްގެ ސަބަބުން ޑައިވިނަށް ދާ ފަރާތްތަކަށްވެސް އިތުރު ފަސޭހައެއް ލިބިގެން ދާއިރު، މުދާ އުފުލާ މީހުންނަށްވެސް އެޕްގެ ފައިދާ ކުރާނެ ކަމަށް އެ ރިޕޯޓުގައު ފާހަގަ ކުރިއެވެ.
މަސް އައިން ހޯދުމުގައި ފަސޭހަ ވުމުގެ އިތުރުން މި އެޕްގެ އެހީގައި ކަނދުފަތިތައް ފާހަގަ ކުރެވުމާއި، ކަނޑުގެ އޮއިވަރާއި ދިޔަވަރުގެ މައުލޫމާތުވެސް ލިބެން ހުންނާނެއެވެ.
އޭގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމުގައި އެމްއެންޑީއެފްއާ ގުޅިގެން މި އެޕްެ އެހީގައި މަސްވެރިންނަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ރިޕޯޓްގައި ފާހަގަ ކުރިއެވެ.
One Response
ކޮބާތޯ ރަސްއައިނު އެޕްލިކޭޝަންގެ ލިންކު