މަސްދޯންޏެއްގައި މަސް ވިއްކަނީ:ފޮޓޯ، ޕީއެސްއެމް
މަސްދޯންޏެއްގައި މަސް ވިއްކަނީ:ފޮޓޯ، ޕީއެސްއެމް

މައުލޫމާތު: މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނެ މިންވަރު

މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ ހަމައެކަނި މިނިސްޓްރީއިން ދޫކޮށްފައިވާ ސައްޚަ ލައިސެންސެއް އޮތް ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުތަކުގައެވެ.

މަސްވެރިކަމުގައި ބިދޭސީންނަށސް ހަރަކާތްތެރިވެވޭނެ މިންވަރު

15 މީޓަރަށްވުރެ ކުޑަ ނަމަ : ގިނަވެގެން 4 ބިދޭސީން

15 މީޓަރާއި24 މީޓަރާ ދެމެދުގެ އުޅަނދެއް : ގިނަވެގެން 6 ބިދޭސީން

24 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުގައި ގެންގުޅެވޭނީ ގިނަވެގެން 8 ބިދޭސީން

މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ ހަމައެކަނި މިނިސްޓްރީއިން ދޫކޮށްފައިވާ ސައްްޚަ ލައިސެންސެއް އޮތް ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުތަކުގައެވެ.

ދިވެހިރާއްޖޭގެ މަސްދޯނިފަހަރުގައި ދެ ބިދޭސީންނަށްވުރެ ގިނައިން ގެންގުޅެވޭގޮތަށް ގަވާއިދު އިސްލާހު ކޮށްފައި ވަނީ 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.

މަސް ދޯނިފަހަރުގައި ގިނަ ބިދޭސީން ގެންގުޅެވޭ ގޮތަށް ގަވާއިދު އިސްލާހު ކުރުމުގެ ބައެއް ސަބަބު ތަކުގެ ތެރޭގައި، އެކަށީގެންވާ ވަރަށް މަހަށް ދާން ދިވެހިން ނުލިބުމާއި ބައެއް ރަށްރަށުގައި އާބާދީއަށްވުރެ ދޯނި ފަހަރު ގިނަވުން ފަދަ ކަންކަން ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!