ރީނދޫއުރަހަ ކަންނެލި ބާނަން ބޭނުންކުރާ އެން

މުގުރާން ދެމުން

އެމުގެ ބާވަތްތަކުގެ ތެރެއިން މުގުރާން ހިފުމުގައި ތަފާތުތަކެއް ހުރެއެވެ.

އާންމުކޮށް ކުރާ ކަޅުބިލަމަހާއި ކަންނެލި މަސްވެރިކަމުގައި ބޭނުންކުރާ އެން ހިފަނީ ރޭގނަޑުގެ ވަގުތުގައެެވެ. އެހެންނަމަވެސް، އާންމުކޮށް މުގުރާން ހިފަނީ ދުވާލުގެ ވަގުތުތަކުގައެވެ. ފަރުތަކާއި ހާހަލުގެ ކައިރިއަށް ދާ ފައްތައިގެން މުގުރާން ހިފާއިރު އެއަށް ކާންދީ އޮޅުކޮށްގެން ދަލުގެ މަށްޗަށް އެރުވުމަށް ޚާއްސަ މަސްވެރިޔަކު މޫދުގައި އޮންނާނެއެވެ. އެ މަސްވެރިޔާގެ ބޭނުމަކީ އަޑީގައި ދާ ފަތުރާ ނިމުމުން، އަޑިއަށް ފީނައިގެން ގޮސް ފިލި ޖެހުމެވެ. ނުވަތަ ފިލި ކުރުމެވެ.

އާންމުކޮށް ފިލިމަސް ތައްޔާރުކުރުމަށް ބޭނުން ކުރަނީ ފަރުމަހުގެ ބާވަތްތަކެވެ. އެއީ އޭގެ މަސް ހުދުވީމައެވެ. "ފިލިމަސް" ތައްޔާރުކުރަން ކަނޑުމަހުގެ ބާވަތްތައްވެސް ބޭނުން ކުރެއެވެ. "ފިލިމަސް" ތައްޔާރުކުރަނީ މަސް ކަހައިގެންނެވެ. މަހުގެ ބޯ ވަކިކޮށް، ކިބަ ކުރުމަށްފަހު، ވަޅިއެއް ބޭނުންކޮށްގެން ހަންގަނޑާއި ޖެހެންދެން މަސްކަހާ ކުޑިމަސް ހަދަނީއެވެ.

ފިލިޖެހުމަށް ހަވާލުކޮށްފައި އޮންނަނީ ފަޅުވެރިންގެ ތެރެއިން ފުނަށް ފީނާ މީހަކާއެވެ. ފިލިޖެހުމުގެ މަސައްކަތަކީ ދަލަށް އެން އެރުވުމަށް ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަމެކެވެ. އެއްފަހަރު ފިލިމަސް އަޅައިގެން މުގުރާން އައިނު "ހޭރި" ނުކުރެވިދާނެއެވެ. މުގުރާން އައިނުގެ ހަރަކާތްތައް ބެލުމަށްފަހު "ފިލިޖަހަން" ހަވާލުވާ މަސްވެރިޔާ ގިނައިން ނުވަތަ މަދުން ފިލިޖެހުމަށް ގޮތް ނިންމައެވެ. ފިލި ޖަހާއިރު، ފަތުރާފައި އޮންނަ ދަލުގެ އެންގަނޑު ހުންނަ ދިމާ، އަދި އޮއިވަރު ދެމޭ ގޮތަށް ފިލިޖަހާ މަސްވެރިޔާ ބަލައެވެ. ފިލިކުރާނީ އެންއުޅޭ ދިމާ ބެލުމަށްފަހު، އެންގަނޑު ހުންނަ ފަރާތްނޫން، އަނެއް ފަރާތަށެވެ. އެއިރުން ފިލިކާންވެގެން މުގުރާންތައް ދާނީ ދަލުގެ މަތިންނެވެ. ދެން އެކަށީގެންވާ ވަރަށް އެންތައް ދަލަށް އެރުމުން އެންމެން އެކީ ދާ ނަގަނީއެވެ.

މުގުރާން އާންމުކޮށް ބޭނުންކުރަނީ ފާނަ މަސްވެރިންނެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިންވެސް ކޮންމެވެސް ވަރަކަށް މުގުރާން ބޭނުންކުރެއެވެ. އަދި ދޮށީގެ މަސްވެރިކަމުގަވެސް ކުދި މުގުރާން ބޭނުންކުރެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!