މަސްވެރިކަމާއި ގުޅޭ

shrimp-farming-thailand

ދެމެހެއްޓެނިވި ގޮތެއްގައި ޑިނގާ އާލާކުރުމަށް ތައިލޭންޑުން މަސައްކަތް ކުރަނީ!

ތައިލޭންޑުގައި އަލާކުރާ ޑިނގާ އަކީ ތިމާވެއްޓާ ރައްކާތެރި ގޮތެއްގައި އާލާކުރާ އެއްޗަކަށް ހެދުމަށް އެޤައުމުގެ ސަރުކާރުގެ ކަމާގުޅޭ އިދާރާއާއި އަމިއްލަ ކުންފުނިތަކަކުން މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ފަށާފައިވަނީ ތައިލޭންޑުގެ ފިޝަރީޒް ޑިޕާޓްމަންޓާއި، ތައި ފީޑް މިލް އެސޯސިއޭޝަން އަދި ތައި ސަސްޓެއިނަބަލް ފިޝަރީޒް ރައުންޑް ޓޭބަލް، ޓީއެސްއެފްއާރު ގުޅިގެންނެވެ. މިފަރާތްތަކުން އެކުގައި ކުރާ މަސައްކަތުގެ ތެރޭގައި ތައިލޭންޑުގައި ޑިނގާ އާލާ ކުރާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެމަސައްކަތް ކުރުމަށް ބޭނުންވާ ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މިގޮތުން އުފައްދާ ޑިންގާ އެކްސްޕޯޓްކޮށް މާކެޓް ކޮށްދޭން އެހީތެރިވެދޭނެއެވެ. އަދި ޑިންގާ އާލާކުރުމުގައި ތިމާވެއްޓާ ރައްކާތެރިކޮށް މިމަސައްކަތް ކުރުމަށް ބާރުއަޅާނެއެވެ. މިގޮތުން ޑިންގާ އުފައްދާއިރު ފެން ބޭކާރު ނުވާނެހެން އަމަލުކުރާނެ ގޮތްތައް މިމަސައްކަތުގެ ދަށުން ޑިނގާ އާލާ ކުރާ ފަރާތްތަކަށް ދަސްކޮށްދޭނެއެވެ. މިކަމަށްޓަކާ ހާއްސަކޮށް ޑިންގާ އާލާ ކުރާ ފަރާތްތަކަށް ފެން ރީސައިކަލްކުރާ ސިސްޓަމް ހަރުކޮށްދޭނެއެވެ.

މިއީ ތައިލޭންޑުން ބޭރުކުރާ ޑިނގާގެ ބާވަތަކީ ބައިނަލްއަޤްވާމީ މާކެޓުގައި އިތުބާރު ހިފޭ ކޮލިޓީ އަދި މިންގަނޑުތަކަށް ފެތޭ ވަރުގެ އުފެއްދުންތަކެއްކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތެކެވެ. ތައިލޭންޑުގެ ސަރުކާރުން ދަނީ ޤަވައިދާ ހިލާފު މަސްވެރިކަން ހުއްޓުވާ، ތައިލޭންޑުގެ މަސްވެރިކަމުގެ ދާއިރާގެ ހުރިހާ މަސައްކަތެއްވެސް ކުރެވެނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތައްތޯ ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!