މަސްވެރިކަމާއި ގުޅޭ

Vietnam Seafood export kuraa baeh

ސައުދީއަށް ސީފުޑް އިމްޕޯޓް ކުރުން މަނާކުރި ވިއެޓްނާމްގެ ކުންފުނިތަކަކަށް އަލުން ހުއްދަދީފި

ސައުދީ ސަރުކާރުން ވިއެޓްނާމްގެ 12 ކުންފުންޔަކަށް އެޤައުމަށް ސީފުޑް އިމްޕޯޓްކުރުމުގެ ހުއްދަ އަނެއްކާވެސް ދީފިއެވެ.

ވިއެޓްނާމްގެ މި 12 ކުންފުންޔަކީ 2018 ވަނަ އަހަރުން ފެށިގެން ސައުދީއަށް ސީފުޑް އެކްސްޕޯޓްކުރުން މަނާކޮށްފައި އޮތް ކުންފުނިތަކެކެވެ.

ސައުދީގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހަވާލާދީ ޓްރޭޑް މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި ވަނީ މިހުއްދައިގެ ދަށުން އެ ކުންފުނިތަކަށް ސައުދީއަށް ސީފުޑްގެ ތަފާތު ބާވަތްތައް އިމްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެފައިވާކަމަށެވެ.

ސައުދީގެ ޓްރޭޑް މިނިސްޓްރީއިން ބުނީ މިއީ ވިއެޓްނާމުން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ކޯވިޑް-19 ގެ ދަތި ދުވަސްކޮޅު އެހީތެރިވުމުގެ ގޮތުން ދިން ލުޔެއްކަމަށެވެ. ނަމަވެސް އަލުން ހުއްދަ ދީފައިވަނީ ގިނަ ޝަރުތުތަކެއް ފުރިހަމަކުރާ މަތިންނެވެ. މިގޮތުން މި 12 ކުންފުނިން ސައުދީއަށް އެކްސްޕޯޓްކުރާ ސީފުޑް ވަކި މިންގަނޑަކަށް ފެތެންޖެހޭނެކަމަށް ސައުދީއިން މައުލޫމާތުދެއެވެ. އަދި ސައުދީއަށް އިމްޕޯޓްކުރާ ސީފުޑްގެ ބާވަތްތައް އިންސްޕެކްޓްކުރުމާއި، ކޮލިޓީ ކޮންޓްރޯލްކޮށް، އެކި ހަމަތަކަށް ފެތޭތޯ ވަރަށް ގާތުން ސައުދީ އަދި ވިއެޓްނާމްގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން ބަލާނެކަމަށް ސައުދީގެ ޓްރޭޑް މިނިސްޓްރީއިންވަނީ ބުނެފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!