މަސްވެރިކަމާއި ގުޅޭ

އަރޫޝާ ދޯނި
އަރޫޝާ ދޯނި

"އަރޫޝާ"ދޯނިން ހާލުދެރަވި މަސްވެރިޔާ މާލެ ގެނެސް ފަރުވާދޭން ފަށައިފި

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަން އުޅުނު "އަރޫޝާ" ދޯނިން ހާލުދެރަވި މަސްވެރިޔާ މާލެ ގެނެސް ހޮސްޕިޓަލްގައި ފަރުވާދޭނެ ފަށައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ ކ. ދިއްފުއްޓާ ދިމާ އިރުން 80 ނޯޓިނަލް މޭލު ބޭރުގައި އެ ދޯނި ކަންނެލި މަސްވެރިކަމުގައި އުޅެނިކޮށެވެ. މި މަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާރޑްގެ ސީއެމްބިއުލެންސް، އެ ދޯނި އޮތް ސަރަހައްދަށް ގޮސް ޞިއްޚީ އަވަސް ފަރުވާއަށް ބޭނުންވެފައިވާ މަސްވެރިޔާ މާލެ ގެނެސްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ހާލުދެރަވި މަސްވެރިޔާ މާލެ ގަނައުމަށް ކޯސްޓްގާރޑްގެ ސީއެމްބިއުލެންސް ހަރަކާތްތެރި ވަނީ/ ފޮޓޯ: އެމްއެންޑީއެފް

ހާލުދެރަވި މަސްވެރިޔަކީ 39 އަހަރުގެ ދިވެއްސެކެވެ. އޭނާގެ ހާލު ދެރަވެފައިވަނީ ކުއްލިއަކަށް ހޮޑުލައި، ހަަށިގަނޑު އައްސިވެ ވަރުދެރަވުމާ ގުޅިގެންކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިމީހާއަށް އައިޖީއެމް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!