މަސްވެރިކަމާއި ގުޅޭ

440779523_474905928226324_6906212567289892953_n

އިހަވަންދޫއިން ވިއްކާލި 'ފަރިމާ ދޯނި' ދެކުނުގެ މަސްވެރިކަމަށް!

ހއ އިހަވަންދޫގައި 2021 ވަނަ އަހަރު މަސްވެރިކަމަށް ފަށައިގަތް 'ފަރިމާދޯނި' ވިއްކާލަން ޖެހީ މަހަށް ފުރުވާލެވޭނެގޮތް ނެތިގެން ކަމަށް 'އިހަވަންދޫ މަސްވެރިން' ބުނެއެވެ. މަހަށް ދާނެ މީހުން ނުވެގެން އެރަށުގައި މީގެކުރިންވެސް ދެތިން އޮޑި ވިއްކާލާފައި ވެއެވެ.
'ފަރިމާ' ދޯނި ގަނެގެން ގެންދިޔައީ ގއ. ގެމަނަފުއްޓަށެވެ. އެ ދޯނިގަތުމުގެ އެއް ހިއްސާދާރު މުހައްމަދު ޝިނާޒް 'މަސްވެރިން އޮންލައިން' އަށް މައުލޫމާތު ދެމުން ބުނީ، އިހަވަންދޫގައި މަހަށް ދާނެ މީހުން ނުލިބުނު ނަމަވެސް، ގެމަނަފުށން މީހުން ލިބޭ ކަމަށެވެ.
މި ސިނާއަތުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން މީހުން ލިބުން ކޮންމެވެސް ވަރަކަށް ދަތިވި ނަމަވެސް، ޒަމާނަށް ފެތޭ ރަނގަޅު އޮޑިފަހަރުގައި ދާން ގެމަނަފުށިން މީހުން ލިބެއެވެ.
މަސްވެރިކަމުގައި20 ވަރަކަށް އަހަރު ހޭދަ ކޮށްފައިވާ ޝިނާޒް މީގެ ކުރިން ދުއްވީ އެހެން މީހުންގެ އޮޑިފަހަރެވެ. އޭނާގެ ކެޔޮޅުކަމުގެ ދަށުގައި 10 ވަރަކަށް އަހަރު އެހެން މީހުންގެ އުޅަނދު ދުއްވިއެވެ. އެހެންކަމުން މިހާރު ޝިނާޒް ބޭނުންވަނީ އަމިއްލަ އޮޑިއެއް ދުއްވާށެވެ. މި ދޯނި ގަތީވެސް އެ ބޭނުމުގައެވެ. ޒަމާނަށް ފެތޭ، ބޮޑު ދޯންޏެއް ހޯދަންވެގެންނެވެ.
"އަހަރުމެން ހިސާބުގަ މަސްވެރިކަން ކުރާ، ޒަމާނަށް ފެތޭ އޮޑިއެއް ހޯދަންވެގެން" ދޯނިގަތް ބޭނުން އޮޅުންފިލުވައިދެމުން ޝިނާޒު ބުނީ އެހެންނެވެ.
ރައްޓެއްސެސް މެދުވެރިިވެގެން ފަރިމާ ދޯނި ގަނެ، ގެމަނަފުއްޓަށް ގެންދިޔަތާ އަދި ވީ ދެންމެ ދެ ދުވަހެވެ. ނަމަވެސް ޝިނާޒު މިހާރު ވަނީ މަހަށްދާނެ ފަޅުވެރިން ހޯދައި، މަސްވެރިކަން ފަށައިގަންނަން ތައްޔާރުު ވެފައެވެ.
އޭނާ ބުނާގޮތުގައި، މި މަހުގެ 25 ވަނަ ދުވަހު ދޯނީގެ ފުރަތަމަ ދަތުރު ކުރެވޭ ވަރަށް ތައްޔާރީތައް ދަނީ ވަމުންނެވެ. ދެމީހަކު ހިއްސާވާ ގޮތަށް ގަތް މި ދޯނިން ކުރާނީ ކަނޑުމަހުގެ މަސްވެރިކަމެވެ.
އަމިއްލަ އޮޑިއެއް ހޯދައި މަސްވެރިކަން ފަށައިގަތް ނަމަވެސް މި ސިނާއަތާމެދު ޝިނާޒުގެ ކަންބޮޑުވުންވެސް އެބަ ހުއްޓެވެ. ކިރާ މަހަށް ފައިސާ ލިބުން ލަސްވުން ފަދަ ސަބަބުތައް ހުރުމުން، މީހުން މަހަށްދިއުން ދޫކޮއްލާކަން ޝިނާޒުވެސް ފާހަގަ ކުރިއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!