357354_0a18e17f-3_

މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ރައީސް ބައްދަލު ކުރައްވައިފި

މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މަދީނާގައެވެ.

މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ 24 ދަރިވަރުން ބައިވެރިވި މި ބައްދަލުކުރެއްވުމުގައި އެ ދަރިވަރުންވަނީ އެކުދިން ބޭނުންވާ ކަންކަމާއި, އެކުދިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.

މިއަދު ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދަރިވަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އަދި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު މަދީނާއަށް ކުރައްވާ ދަތުރުފުޅަކީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ މެހެމާންދާރީގައި، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!