މަސްވެރިކަމާއި ގުޅޭ

lobster

ހިފުނީ ނޫ ކުލައިގެ އިއްސެއް، މިބާވަތުގެ އިއްސެއް ފެނުމުގެ ފުރުސަތަކީ ދެ މިލިއަނުން އެކެއް

މަދުން ނޫނީ ނުފެންނަ ނޫ ކުލައިގެ އިއްސެއް އިނގިރޭސިވިލާތުގެ މަސްވެރިއެއް ހިފައިފިއެވެ.

އިހީގެ ވިޔަފާރިކުރާ މި މަސްވެރިޔާ އަށް ނޫ އިއްސެއް އިފުމުން އޭނާ ގުޅީ އޭނާ އިހި ވިއްކާ ފަރާތް އަދި ރަހުމަތްތެރިއެއް ކަމަށްވާ ސްޕެންސާއަށެވެ.

އަދި އިހި އަނބުރާ މޫދަށް ދޫކޮށްލުމަށް މަޝްވަރާކުރި ނަމަވެސް އެންމެ ފަހުން ނިންމީ އޭތި އެކުއޭރިއަމްއަށް ހަދިޔާ ކުރުމަށެވެ. ސަބަބަކީ އެހެން މީހަކު އަނެއްކާވެސް އޭތި ހިފުމުގު ފުރުސަތު އޮތުމުންނެވެ.

އަދި އެކުއޭރިއަމްއެއްގައި އެޔަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެކަމަށް ބެލެވޭތީއެވެ.

އިހީގެ ގައިގެ ކުލަ ނޫ ކުލައިގައި ހުންނަނީ ޖެނެޓިކް މިއުޓިލޭޝަނެއްގެ ސަބަބުންނެވެ. އެގޮތުން މިއީ ކްރަސްޓޭސިޔަނިން ޕްރޮޓީން އޭގެ ގައިގައި ގިނަ ވުމުން ވާ ގޮތެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

އެމެރިކާގެ ޔުނިވަރސިޓީ އޮފް މެއިންގެ ކަމާއި ގުޅޭ މާހިރުން ހާމަކުރާގޮތުގައި މި ފަދަ އިއްސެއް ހިފުމަކީ ވަރަށް ނާދިރު ކަމެކެވެ. އެގޮތުން އެފަދަ އިއްސެއް ހިފޭނީ ދެ މިލިއަނުން އެއް ފަހަރު ކަމަށްވެސް ތަޖުރިބާ ކާރުން ހާމަކުރެއެވެ.

އެހެންނަމަވެސް މިފަހުގެ ތާރީޙުތަކުގައި އިނގިރޭސި ކަނޑުތަކުން މި ބާވަތުގެ އިހި ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.

ނޫކުލައިގެ އިހީގެ އިތުރުން ރީނދޫކުލައިގެ އިއްސާއި އަލްބީނޯ ކްރިސްޓަލް އިއްސަކީވެސް ވަރަށް ނުފެންނަ ބާވަތް ތަކެއްގެ އިއްސެވެ. ބުނެވޭގޮތުގައި ރީނދޫ ކުލައިގެ އިއްސެއް ފެންނާނީ ކޮންމެ ތިރީސް މިލިއަން އިހިން އެކައްޗެވެ. އަދި އަލްބީނޯ އިއްސެއް ފެންނާނީ ކޮންމެ ސަތޭކަ މިލިއަން އިހިން އެކަތިކަމަށް ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!