މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބިޒްނަސް އެކްސްޕެންސް ކާޑުން ޕެޓީ ކޭޝް މެނޭޖްކޮށްލަން މިހާރު މާ ފަސޭހަވެއްޖެ އެވެ.
އެމްއައިބީ ވިސާ އެކްސްޕެންސް ބިޒްނަސް ކާޑަކީ އެމްއައިބީގެ ފައިސާ ނެޓް އެކައުންޓް ޕޯޓަލް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ކާޑު ސްޓޭޓްމަންޓުތަކަށް އެކްސެސްކޮށް، ހަރަދުތައް ޓްރެކް ކުރެވޭނެ ކާޑެކެވެ. މި ކާޑަކީ ޕެޓީ ކޭޝް އާއި ކުންފުނީގެ ބިލުތައް ދެއްކުމާއި އެކި ހަރަދުތައް ކުރުމުގައި ބޭނުން ކުރެވޭނެ ކާޑެކެވެ. ކާޑުގެ ހުރިހާ ކަމެއްގެ ކޮންޓްރޯލް އޮންނާނީ ވެރިފަރާތުގަ އެވެ.
މިހާރުވެސް މިކާޑަކީ ގިނަ ކުންފުނިތަކުން ޕެޓީ ކޭޝް މެނޭޖް ކުރުމަަށް ބޭނުންކުރާ ކާޑެކެވެ.
ކާޑުގެ އެކްސެސް ދޭނެ މީހުން ކަނޑައަޅާ ކާޑު ބޭނުންކޮށްގެން ކުރާ ހުރިހާ ހޭދައެއްގެ ތަފްސީލް ވެރިފަރާތަށް ބެލޭނެ އެވެ. އަދި ކާޑުން ކޮންމެ ދުވަހަކަށް ހޭދަ ކުރެވޭނެ ލިމިޓާއި މަހެއްގެ މައްޗަށް ވަކި ފައިސާގެ ލިމިޓެއް ކަނޑައެޅޭނެ އެވެ.
މީގެ އިތުރުން ޕެޓީކޭޝް މެނޭޖުކުރުމާއި އޮފީހުގެ އެކި ހަރަދުތަކަށް ހޭދަވާ ފައިސާގެ ތަފްސީލުތައް ކުންފުނިތަކުގެ ވެރިންނާއި ވިޔަފާރިވެރިންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސްއެކައުންޓް ޕޯޓަލް މެދުވެރިކޮށް ބެލޭނެ އެވެ.
ޑޮލަރު އަދި ރުފިޔާއިން ވެސް ބޭނުން ކުރެވޭ މި ކާޑު، ބޭނުންކުރުމަށް އޮންލައިންކޮށް ފައިސާ ޓޮޕްއަޕްވެސް ކުރެވޭނެ އެވެ.