މެލޭޝިއާގެ މަސްވެރިއެއް މަސް ހިފަން ޖެހި ދާ ގަނޑުގައި 17 ފޫޓުގެ ބޮޑު ކިނބުލެއް ތާށިވެއްޖެއެވެ.
މެލޭޝިއާގެ ސިންގާއީ ނިޕާހް ޓަމްބިސަންގައި ހިނގި މި ހާދިސާގައި ދާ ގަނޑުގައި ޖެހުނު ކިނބޫވަނީ ޑެސާ ކެންސާނާ ސިވިލް ޑިފެންސް ފޯސްގެ ފަރާތުން ވައިލްޑް ލައިފް ޑިޕާޓްމަންޓާއި ހަވާލުކޮށްފައެވެ. އަދި މި ކިނބުލާ ދޭތެރޭ ހަދާނެ ގޮތެއް ނިންމާނީ އެ ޑިޕާޓުމަންޓުންނެވެ.
ވައިލްޑް ލައިފް ޑިޕާޓުމަންޓުން ބުނީ ކިނބޫ އެމީހުންނާއި ހަވާލުކުރި އިރު ހާލުވަނީ ދެރަވެފައިކަމަށެވެ. ސަބަބަކީ ގިނަ އިރުތަކެއް ވަންދެން ބަނދެފައި އޮތުމުން ކަމަށެވެ.
އަދި އޭގެ ގައިގައި އަށްސާފައި އޮތް ވާ ގަނޑު މިހާރު ދޫކޮށްފައިވާއިރު، އެއާ މެދު އަމަލު ކުރާނެ ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ.
މަސްވެރިން މަސް ހިފަންވެގެން ޖަހާ ދާގަނޑުތަކުގައި ކިނބޫ އަދި ބޮޑެތި ހަރުފަވެސް ޖެހެއެވެ. އާއްމުގޮތެއްގައި މިފަދަ ޖަނަވާރުތައް މީހުން ނޫޅޭ ދުރު ހިސާބުތައް ގެންގޮސް ދޫކޮށްލަނީއެވެ.