ހުޅުމާލޭގައި ސައިކަލަކުން ވެއްޓި ޒަހަމްވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ހުޅުމާލޭ ނިރޮޅުމަގު އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެށްޓިފައިވާ ކަމަށް މި މަހުގެ ފަސް ވަނަ ދުވަހުގެ 3:26 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ 36 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް، ފަރުވާދެމުންދަނިކޮށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ 00:50 ހާއިރު އެ މީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.