މިފްކޯގެ "ފަސްމީރު މާމީރު" ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

Screenshot 2024-05-14 053330

މިފްކޯގެ "ފަސްމީރު މާމީރު" ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 4ވަނަ ދުވަހުން ފެށިގެން، އެޕްރީލް މަހު 17 ގެ ނިޔަލަށެވެ.

މިފްކޯގެ އައުޓްލެޓްތަކުން 200 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ލިބޭ ކޫޕަން ފުރައިގެން އެ ޕްރޮމޯޝަންގައި ބައިވެރިވޭގޮތަށްކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި އަގުހުރި ފައިސާގެ އިނާމުތަކެއް ހުށަހަޅާފައިވެއެވެ.

ޕްރޮމޯޝަންގެ މުއްދަތު ހަމަވަމުން ތިން ނަސީބުވެރިން ހޮވުމަށް ނިންމާފައި ވާއިރު، އެއްވަނަ އަށް ހޮވޭ ފަރާތަކަށް އެއް ލައްކަ ރުފިޔާ، ދެވަނައަށް ދާ ނަސީބުވެރިޔާއަށް ދިނުމަށް ނިންމާފައި ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ތިން ވަނައަށް ދާ ނަސީބުވެރިޔާއަށް ދިނުމަށް ނިންމާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި ޕްރޮމޯޝަންގެ ގުރުއަތުލުން މިއަދު ބާއްވައި ޕްރޮމޯޝަންގެ ނަސީބުވެރިން ވަނީ ހޮވާފައެވެ. އެއްވަނަ ނަސީބުވެރިއަކަށް ޔޫސުފް ހޮވިފައިވާއިރު، ދެވަނައަށް ހޮވިފައިވަނީ ބިދޭސީއެއް ކަމަށްވާ ސްރީ ޕްރިތަމް ކުމާރް ޑެބް އެވެ. އަދި ތިންވަނަ ނަސީބުވެރިއަކަށް ހޮވިފައިވަނީ އައިޝާތު އަފްނާންއެވެ.ޕްރޮމޯޝަންގެ ނަސީބުވެރިންނާއި ގުޅައިގެން އެފަރާތްތަކަށް، އިނާމު ހަވާލުކުރާނެކަމަށް މިފްކޯއިން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ