މަސްވެރިކަމާއި ގުޅޭ

IMG_6941

މުދަލު ޒަކާތުގެގޮތުގައި 37 މިލިއަން ރުފިޔާ ލިބިއްޖެ

އަހަރުގެ ފުރަތަމަ 4 މަސްދުވަސްތެރޭ މުދަލު ޒަކާތުގެގޮތުގައި ދައުލަތަށް 37 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މީރާއިން ނެރެފައިވާ މިއަހަރުގެ އޭޕްރީލްމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން މީރާއަށް މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ އަދަދުވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށްވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 4 މަސްދުވަސްތެރޭ މުދަލު ޒަކާތުގެގޮތުގައި 43 މިލިއަން ރުފިޔާ ލިބިފައިވެއެވެ.މީރާގެ ސަރވިސް ސެންޓަރުގެ އިތުރުން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ މީރާގެ ބްރާންޗުތަކުންނާއި ކަލެކްޝަން ސެންޓަރުތަކުން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ. މީރާގެ ކަލެކްޝަން ސެންޓަރެއް ނުވަތަ ބްރާންޗެއް ނެތް ރަށެއް ނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ޢަދަދަކީ 7140 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދެއެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!