މަސްވެރިކަމާއި ގުޅޭ

file_ragv9t

ޖަޕާނު ސަރުކާރުން ދޭ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ޖަޕާނު ސަރުކާރުން ދޭ ސްކޮލަޝިޕަށް ދިވެހި ދަރިވަރުން ކުރިމަތިލާން ހުޅުވާލައިފިއެވެ.

ތިން ދާއިރާއަކުން ކޯހަށް އެދި ހުށަހެޅުމަށް ހުޅުވާލާފައި ވަނީ ޖަޕާނު ސަރުކާރުން ހުރިހާ ހަރަދެއް ކުރާ ގޮތަށެވެ. "ޖަޕަނީސް ގަވަމެންޓް ސްކޮލަޝިޕް ފޯ 2025" ގެ ނަމުގައި ހުޅުވާލާފައިވާ މި ސްކޮލަޝިޕްގައި ދިވެހި ދަރިވަރުން ކިޔަވަން ފުރުސަތު ލިބިފައިވާކަން ޖަޕާނު އެމްބަސީން އަންގާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސްކޮލަޝިޕަށް ކުދިން ނެގުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޖަަޕާނު އެމްބަސީގައެވެ.

ސްކޮލަޝިޕަށް ހުޅުވާލާފައިވާ ކޯސްތަކަކީ، ރިސާޗް ސްޓޫޑެންޓްސް، ސްޕެޝަލައިޒް ޓްރެއިނިން ކޮލެޖް ސްޓޫޑެންޓްސް އަދި ކޮލެޖް އޮފް ޓެކްނޮލޮޖީ ސްޓޫޑެންޓްސްއެވެ.

މީގެ ތެރެެއިން އެއް ކޯހަށް ވަނުމުގެ ސުންގަޑި މި މަހުގެ ފަހުކޮޅު ހަމަވާއިރު، ބާކީ ދެ ކޯހަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ ކުރީކޮޅުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!