ވިޔަފާރީގެ ދާއިރާއިން އިނގިރޭސިވިލާތާއެކު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

GNodk6eXoAAzn9H

އިންގިރޭސިވިލާތުގެ ވިޔަރީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ގްރެގަރީ ވިލިއަމް ހޭންޑްސްއާއި އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ބައްދަލު ކުރައްވައިފިއެވެ.

ވަޒީރު މުހައްމަދު ސައީދު އިންގިރޭސިވިލާތައް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ރާއްޖެއާއި އިންގިރޭސިވިލާތާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެއްވިއެވެ.

ވަޒީރު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީ ކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާ ހޯއްދަވާނެ ކަމަށެވެ. އަދި އެ ޤައުމާއެކު ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އިތުރަށް ފުޅާކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

&

;

"'ކޮމަންވެލްތް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑް ޓޭބަލް"ގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ސައީދު އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިނގިރޭސިވިލާތުގެ މާލީ ވުޒާރާތަކުގެ އެހީތެރިކަން ރާއްޖޭގެ މާލީ ދާއިރާއަށް ހޯދައި އެކަމަށް މަގުފަހިކުރުންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސަރވިސް އޮޓޯރިޓީއާއި، ޑިވެލޮޕްމަންޓް ބޭންކްއާ ގުޅޭ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަމަށް މަގުފަހިކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ