Farumas 1

ފަރުމަހުގެ މަސްވެރިކަމަށް ބޭނުންކުރާ އާލާތްތައް

ފަރުމަހުގެ މަސްވެރިކަމުގައި ތަފާތު ގިނަ ބާވަތްތަކުގެ އާލާތްތައް ބޭނުން ކުރެއެވެ. މި އާލާތްތައް މަސްވެރިކަމުގައި އަމާޒުކުރާ ބާވަތްތަކާ ގުޅިގެން ތަފާތުވެއެވެ.

މިގޮތުން، މި މަސްވެރިކަމުގައި އާއްމުކޮށް ބޭނުންކުރާ އާލާތްތައް ތިރީގައި ބަޔާންކޮށްލާނަމެވެ.

  1. އަތު ނަނު / އޮއިނަނު : ކަންވާރެއްގައި ބުޅިއަކާއެކު އެމެއް ލައި، ބަރި އަކާއިނުލާ ދޫކުރާ ނަނު
  2. ފައްތާ ނަނު : ކަންވާރެއްގައި ބުޅިއެއްލާފައި، އެމެއް ލައި، ބަރިއަކާއެކު ދޫކުރާ ނަނު
  3. ބޮއި ނަނު : ކަންވާރެއްގައި ބުޅިއެއްލާފައި، އެމެއް ލައި، ބަރިއަކާއެކު ފައްތާ ނަނެއް. މި ނަނުގެ ފެނުންމަތީ ހުންނަ ކޮޅުގައި ބޮއެއް ހަރުކޮށްފައި ހުރޭ. މި އާލާތް ބޭނުންކުރާއިރު މީގެ ގިނަ ނަނު ތަކެއް އެއްފަހަރާ އޮޔަށް ދޫކުރޭ
  4. ވަދު ނަނު : ކަންވާރެއްގައި ވަދާއެކު ބުޅިއެއްލައި، ދޯނީގެ ދެ އަރިމަތިން ދޫކޮށްފައި ހުންނަ ނަނު. މި ނަނު ދޫކުރަނީ ދޯނި ދުއްވަމުންދާ ވަގުތު. ބައެއް ފަހަރު މި ނަނު ދޫކުރުމުގައި ކަނދު ބޭނުން ކުރެއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!