ރ. ވާދޫ ބަނދަރުގައި މަސްކަނޑާ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ވާދޫ ކައުންސިލުން ބުނީ މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 2024 މެއި 19 ވަނަ ދުވަހުން ފެށިގެން 2024 މެއި 28 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް) ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. ނަންނޯޓުކުރާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ކަމަށެވެ.
މި މަސައްކަތާއި ގުޅިގެން ނަންނޯޓު ކުރާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2024 މެއި 28 ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.
އަދި 2024 ޖޫން 09 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެ ކަމަށާއި، އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2024 ޖޫން 09 ވާ އާދިއްތަ ދުވަހުގެ ހެނދުނު11:01 ގައި އެއިދާރާގެ ކޮންފަރެންސް ހޯލުގައެވެ.
މިމަސައްކަތް ކުރަން އެދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައިކަމަށް ކައުންސިލުން ހާމަކުރެއެވެ.