މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ކޮމްޕެނީ ލިމިޓަޑް (މިފްކޯ) ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާ ކުރުމާއި އައިސް ލިބޭނެގޮތް ހަދައިދޭން ވީ ވައުދު ސަރުކާރުން ފުއްދައިފިއެވެ.
ހަފުތާ 14 މަގުޗާޓުގައި ހުރި މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމުގެ ވުޒާރާއިން ހާސިލުކޮށްފައިވާ ކަންކަން، ހާސިލްކުރެވިފައިވާ ގޮތުގެ ތަފްސީލު ހިއްސާކުރަމުން އެ ވުޒާރާއިން ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން މިފްކޯއަކީ 100% ދައުލަތް ހިއްސާވާ ކުންފުންޏެއްގެ ގޮތަށް ބަދަލުކޮށްފައި ވާނެ ކަމަށެވެ. އަދި މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރުފުޅާކުރުމަށްޓަކައި މަސްވެރިއަކު މިފްކޯ ބޯޑުގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާ ކަމަށް މަސްވެރި ވުޒާރާއިން މައުލޫމާތު އެވެއެ.
ވައުދު ފުރިހަމަވެފައިވާ ގޮތް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުންދިޔަ މިފްކޯއަކީ، އެސް.ޓީ.އޯ ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، 31 ޑިސެންބަރު 2023 އިން ފެށިގެން މިފްކޯއަކީ 100% ދައުލަތް ހިއްސާވާ ކުންފުންޏެއްގެ ގޮތަށް ބަދަލުކޮށް، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރުފުޅާކުރުމަށްޓަކައި މަސްވެރިއަކު މިފްކޯ ބޯޑުގައި ހިމެނުމަށް ނިންމައި އާންމުކޮށް އިޢުލާންކޮށްގެން ހުޅުވާލި ފުރުސަތުގައި ނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން މަސްވެރިޔަކު މިފްކޯ ބޯޑަށް އައްޔަންކުރުމަށް ވަނީ ނިންމާފައެވެ.
މިފްކޯ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހެދުމާއި ގުޅޭ އެއްބަސްވުުމުގައި ސޮއިކޮށްފި
އޭގެ އިތުރުން މަސްވެރި ވުޒާރާއިން ބުނީ، މަސްވެރިންނަށް ފަސޭހައިން އައިސްލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން، ފަރުމަސްވެރިކަން ކުރާ ރަށްރަށުން ފަސޭހައިން އައިސް ލިބޭނެ މަގުފަހިކުރުމަށް ކަނޑުފަޅު ނަފާ ޕްރޮގްރާމުގެ ތެރެއިން ފަސް ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރުމަށް ފެބްރުއަރީ 16 ވަނަ ދުވަހު ވަނީ ލޯނަށް ހުޅުވާލާފައެވެ.
ވައުދު ފުރިހަމަވެފައިވާ ގޮތް
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުމުގެ މަގްސަދުގައި، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، މިފްކޯއާ ހަވާލުކޮށްގެން 5 ރަށެއްގައި (ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ހއ. އިހަވަންދޫ، ށ. ކޮމަންޑޫ) އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ޓެންޑަރ އަށް ވަނީ ފޮނުވާފައެވެ.
އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަޑް ޕްރައިވެޓް ލިމިޓަޑް (އެސް.ޑީ.އެފް.ސީ) ގެ "ކަނޑުފަޅު ނަފާ" ލޯން ޕްރޮގްރާމްގެ ތެރެއިން، އައިސް ޕްލާންޓް ޤާއިމުކުރުމަށް 10 މިލިއަން ރުފިޔާ ކަނޑައަޅައި، އިތުރު ފައިސާ ރެފްރިޖަރޭޓަޑް ސީވޯޓަރ (އާރް.އެސް.ޑަބްލިއު) ސިސްޓަމްތައް ގަނެ އަދި ހަރުކުރުމުގެ ކަންކަމަށާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ލުއި ފަސޭހަ ވާނެގޮތަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ.
މިގޮތުން ފެބުރުވަރީ 16 ވަނަ ދުވަހުން ފެށިގެން މި ލޯނަށް އެޕްލައި ކުރުމަށް އެސް.ޑީ.އެފް.ސީ އިން ވަނީ ހުޅުވާލައިފައެވެ.
ސަރުކާރަށް އިތުބާރުކޮށް، މަސްވެރިން ތިބީ މި ފަސް އަހަރުތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި 28 ވައުދު ފުއްދާތަން ބަލަން ކެތް މަދުވެފައެވެ. މަސްވެރިކަނަށް އާރޯކަމާއި ކުރިއެރުން ގެނެސްދޭތަން ދެކިލާހިތުންނެވެ. މި ސިނާއަތް ކޮޅަށް ޖަހަށް ރައީސް ޑރ. މުއިއްޒުއާ ހަވާލު ކޮށްގެންނެވެ.