މަކުނުދޫ އަބްދުލްވާހިދުގެ ދެވަނަ މަސްދޯނި "ވިންދު" -- ފޮޓޯ/ މަސްވެރި އިހަވަންދޫ ފޭސްބުކް
މަކުނުދޫ އަބްދުލްވާހިދުގެ ދެވަނަ މަސްދޯނި "ވިންދު" -- ފޮޓޯ/ މަސްވެރި އިހަވަންދޫ ފޭސްބުކް

ވައުދުނާމާ: ފަރުމަސްވެރިންނަށް ލޯނަށް ހުޅުވާލައި މަސްވެރި ދަފްތަރު އެކުލަވާލަން ފަށައިފި

ފަރުމަސްވެރިންނަށް ލޯނަށް ހުޅުވާލައި މަސްވެރި ދަފްތަރު އެކުލަވާލަން ފަށާފައި ވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ހަފުތާ 14 މަގުޗާޓުގައި ހުރި މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމުގެ ވުޒާރާއިން ހާސިލުކޮށްފައިވާ ކަންކަން، ހާސިލްކުރެވިފައިވާ ގޮތުގެ ތަފްސީލު ހިއްސާކުރަމުން އެ ވުޒާރާއިން ބުނީ، ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ލުއި ފަސޭހަ ވާނެގޮތަށް، ފެބްރުއަރީ 16 ވަނަ ދުވަހު ލޯނަށް ހުޅުވާލައި، އެޕްރީލް 30ގެ ނިޔަލަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަން ފަށާފައިވާ ކަމަށެވެ.

ފުރިހަމަވެފައިވާ ގޮތް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި، ފަރުމަހުގެ މަސްވެރިކަން އަދި ފަރުމަހުގެ މަސްވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ކުރިއަރުވައި އާލާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމަވާފައެވެ.

މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން ގެ "ކަނޑުފަޅު ނަފާ" ލޯނު ޕްރޮގްރާމެގެ ތެރެއިން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަންނީ ލަފަޔާއެކީގައެވެ.

މިގޮތުން، އައިސް ޕްލާންޓް ޤާއިމުކުރުމަށް 10 މިލިއަން ރުފިޔާ ކަނޑައެޅުއްވުމަށާއި، އިތުރު ފައިސާ ރެފްރިޖަރޭޓަޑް ސީވޯޓަރ ސިސްޓަމްސް ގަނެ އަދި ހަރުކުރުމުގެ ކަންކަމަށާއި، ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ލުއި ފަސޭހަ ވާނެގޮތަށް ލޯނުތަކަކަށް ވަނީ ހުޅުވާލާފައެވެ.

މި ޙަރަކާތް އިފްތިތާހު ކޮށްފައި ވަނީ ފެބްރުއަރީ 16 ވަނަ ދުވަހު ށ. ކޮމަންޑޫގައެވެ.

އޭގެ އިތުރުން، މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ ގޮތުން، ދަފްތަރު ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ފެބްރުއަރީ 16 ވަނަ ދުވަހު ހުޅުވާލައި، ކައުންސިލްތަކާއި ގުޅިގެން ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެެވެ.

 ވައުދު ފުރިހަމަވެފައިވާ ގޮތް

މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމަށްޓަކައި، މަސްވެރިންގެ ޤައުމީ ދަފްތަރު އިފްތިތާހު ކޮށްފައި ވަނީ ފެބްރުއަރީ 16 ވަނަ ދުވަހު ށ. ކޮމަންޑޫގައެވެ.

މިގޮތުން މިކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމުގައި ރަޖިސްޓަރީވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ ޤައުމީ ފެންވަރެއްގައި ރާއްޖޭގައި މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!