މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖް އެލާޓް ނެރެފައި ވަނީ ފުވައްމުލަކު ސިޓީއިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މެޓުން ބުނީ، އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް މިރޭ 19:00ގެ ނިޔަލަށް ގަޑިއަކު34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
<blockquote class="twitter-tweet"><p lang="en" dir="ltr">Orange Warning for Strong winds of 34 – 40 mph and gust winds of 60 mph with very rough seas. <a href="https://t.co/B8dwUDrxUi">pic.twitter.com/B8dwUDrxUi</a></p>— Maldives Meteorology (@MetMaldives) <a href="https://twitter.com/MetMaldives/status/1791763225136255185?ref_src=twsrc%5Etfw">May 18, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
މޫސުން ގޯސްވެ، މިއަދު މެންދުރުވެސް މެޓުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މާދަމާއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން މީގެ ކުރިން ބުނެފައި ވެއެވެ.