ފަރުމަސް އާލާކުރުމަށް ބޭނުންވާ "ހެޗަރީ"ތައް ގާއިމްކުރާނެ ގޮތާއި "އެކުއަކަލްޗާ" ގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމަށް މި ސަރުކާރުން ވީ ވައުދުވެސް ފުއްދައިފިއެވެ.
މިއީ، ފިޝަރީޒް މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމަނައި، ހަފްތާ 14ގެ މަގު ޗާޓުގެ ތެރެއިން ހާސިލްކޮށްފައިވާ މުހިންމު ވައުދެކެވެ.
ފުރިހަމަވެފައިވާ ގޮތް
މަހާއި ހުއިފިލަނޑާ އާލާކުރަން ދަސްކޮށްދިނުމާއި އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ރާއްޖޭގައި ކަނޑުގެ ދިރުން އާލާކުރުން ތަރައްގީކުރުމަށްޓަކައި މީހުން ބިނާކުރުމުގެ ޕްރޮގްރާމެއް އެކުލަވާލައި 14 ބައިވެރިންނާއެކު 8 ފެބުރުވަރީ 2024 ގައި ފަށައި 21 ފެބްރުއަރީގައި ފުރަތަމަ ބެޗުގެ ތަމްރީން ވަނީ ފުރިހަމަކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމަކީ ސިލްސިލާކޮށް ހިންގުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ.