މާވަހަރުގެ ބޭނުމުގައި ބޮޑުމަސް މަރާކަމުގެ ތުހުމަތުގައި ލަންކާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ޕޮލިސް ސެންޓްރަލް އެންޓި ކޮރަޕްޝަން ސްކޮޓުންގެ ފަރާތުން ހައްޔަރުކޮށްފައި މީހާގެ މައްޗަށްވަނީ ގިނަ އަހަރެއް ބޮޑު މަސް މާވަހަރު ހޯދުމުގެ ބޭނުމުގައި މަރާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
އަދި މިގޮތަށް އޭނާ ހޯދާ މާވަހަރުތައް ވިއްކައިގެން މިލިއަނުން ފައިސާވަނީ ހޯދާފައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީވެސް މާވަހަރު ވިއްކުމަށްޓަކައި އަމަލީގޮތުން ހަރަކާތްތެރިވަމުންދަނިކޮށެވެ. އޭނާގެ އަތުންވަނީ 5 ކިލޯގެ މާވަހަރު ފެނިފައެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ބަޔަކު ދިން ރިޕޯޓަކާއި ގުޅިގެންނެވެ. އަދި އޭނާ ހޯދާ މާވަހަރުތައް އާއްމުކޮށް ވިއްކަނީ ބޭރު ޤައުމުތަކަށް ކަމަށްވެސް ވަނީ އެނގިފައެވެ.
މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި ވަރަށް އަގުބޮޑު އެއްޗެކެވެ. މާވަހަރު އާއްމުކޮށް ބޭނުންކުރަނީ ސެންޓު ހެދުމަށެވެ.