332498_3c4e7195-a_-scaled

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި އިންޑިއާގެ ބޯޓަކަށް ކުރި ބޮޑު ޖޫރިމަނާއެއް ސަރުކާރުން މައާފުކޮށްދީފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކޮށްގެން އިންޑިއާ ބޯޓަކަށް ކުރި 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ސަރުކާރުން މާފުކޮށްދީފި އެވެ.

މި މައްސަލައަކީ އިންޑިއާގެ އުޅަނދެއް ކަމަށްވާ "ހޮލީ ސްޕިރިޓް" އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކޮށްފައިވާތީ، އެ އުޅަނދުގެ އޮޕަރޭޓަރު އެންތަނީ ޖަޔަބަލަން ޖޫރިމަނާކޮށް، ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޖޫރިމަނާ ފައިސާއަކީ ދައުލަތަށް ދައްކަން ޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެކީ އެއް ފަހަރާ ދައުލަތަށް ލިބިދިނުމަށާއި އިންޑިއާގެ އުޅަނދު ދައުލަތަށް ނެގުމަށް އަންގައި އަމުރުކޮށްދިނުމަށް އެދި ފިޝަރީސް މިނިސްޓްރީން ހުށެހަޅުމުން ސިވިލް ކޯޓުން ބެލި މައްސަލައެކެވެ.

މި މައްސަލައިގެ ނިންމުމުގައި ސިވިލް ކޯޓުން ބުނެފައި ވަނީ، އެންތަނީ ޖަޔަބަލަންގެ މައްޗަށް ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސް އޮފީހުގެ 10 މާޗް 2024ގެ ސިޓީން މައާފު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ދައުލަތުން ހިފަހައްޓާފައި އޮތް އުޅަނދުވެސް 17 މާޗް 2024 ވަނަ ދުވަހު ރާއްޖެއިން ފުރުވާލާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ، ފިޝަރީޒް މިނިސްޓްރީން ހުށަހެޅި މައްސަލައިގެ ދައުވާފޯމް ބާތިލް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!