މަސްވެރިކަމާއި ގުޅޭ

Ea3ltqKVcAIJdI8

އެމްއެމްޕީއާރުސީ އިން މަސްވެރިކަން އިސްތިހާރުކުރަނީ

ޓުއަރިޒަމްގެ ދާއިރާ އިސްތިހާރުކުރާ ގޮތަށް އެމްއެމްޕީއާރުސީ އިން ދިވެހި މަސްވެރިކަން އިސްތިހާރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކްލްޗަރގެ ޑިރެކްޓަރ އޮފް ފިޝަރީޒް ކޮމްޕްލަޔަންސް އާދަމް ޒިޔާދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މައުލޫމާތު ދެއްވަމުން ޒިޔާދު ވިދާޅުވީ، އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކްގެ ތެރެއިން ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކްވަނީ ރަތް ދަރަޖައިގައި ލޭބަލް ކުރެވިފައި ކަމަށާއި، އެހެންވުމުގެ ސަބަބުން ބާނާ މަސް ނުގަތުމަށް ބޭރުގެ ބޮޑެތި ރީޓެރިލަރުންނަށް ބާރުއަޅާ ތިމާވެށީގެ ޖަމިއްޔާތައް މަސައްކަތް ކުރަމުން ދިއުމަކީ ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހި ރާއްޖެއިން ކުރަން އޮތް އެންމެ މުހިންމުކަމަކީ ރާއްޖޭގެ މަސްވެރިކަމަކީ އެހހެން ގައުމުތަކުން މިކުރާ މަސްވެރިކާމާ ތަފާތު މަސްވެރިކަމެއްކަން ބޭރު ދުނިޔެއަށް ދައްކައިދިނުމެވެ. ދިވެހިންގެ މަސްވެރިކަން ތަފާތު މިންވަރަކަށް ޕްރޮމޯޓްކޮށް މާކެޓް ކުރުމެވެ. އަދި ފާއިތުވި 2 އަހަރު ދުވަހުގެތެރޭ މަސްވެރިކަން އިސްތިހާރުކުރުމަށް ފައިސާ އިތުރުކުރެވުނު ކަމަށާއި، މިހާރުގެ ވިސްނުމަކީ އެމްއެމްޕީއާރުސީ ތެރެއިން ފަތުރުވެރިކަން އިސްތިހާރު ކުރެވިގެންދާގޮތަށް ދިވެހި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓު ކުރުމެވެ.
"މާކެޓިންގެ މަސައްކަތަށް ޚާއްސަކޮށް މިދިޔަ 2 އަހަރެއްގަ ފައިސާވެސް އިތުރަށް އެލޮކޭޓް ކުރެވިއްޖެ. މިހާރުގެ ވިސްނުން އެބަހުރި ކަންނޭގެ ކޮންމެވެސް ވަރަކަށް އެމްއެމްޕީއާރުސީ ތެރެއިން ޓުއަރިޒަމް ޕްރޮމޯޓުކުރެވޭ ގޮތަށް ދިވެހި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރަން"
ޒިޔާދު ވިދާޅުވީ ދިވެހި ރާއްޖޭގެ މަސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަށް ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތަކީ މަސްވެރިކަން އިސްތިހާރުކުރުމެވެ. ސަބަބެއް ކަމުގައި ޒިޔާދު ފާހަނގަ ކުރެއްވީ ދިވެހި ރާއްޖޭގައި ދެހެއްޓެނިވި ގޮތޮގައި މިކުރާ ދޮށީގެ މަސްވެރިކަމާއި އަތު ނަނުގެ މަސްވެރިކަން ކުރާ ގޮތް ބޭރުގެ މަސް ގަންނަ ފަރާތްތަކަށް ނޭގޭކަމެވެ.

ރާއްޖެ އިސްތިހާރުކުރުމަށް އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންން "މޯލްޑިސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން" މިހާތަނަށް އިސްތިހާރު ކުރަމުންދަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ. 2019 ވަނަ އަހަރު އެކަނިވެސް 150 މިލިއަނަށްވުރެ ބޮޑު ބަޖެޓެއް ޚަރަދުކޮށް އެކި ގައުމުތަކުގައި ފަތުރުވެރިކަން އިސްތިހާރުކުރުމުގެ އެތައް ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް ފާހަނގަ ކޮށްލަންޖެހޭ ކަމަކީ، މަސްވެރިކަން އިސްތިހާރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެން ނުދާކަމެވެ. މައިގަނޑު ގޮތެއްގައި ކޮންމމެ އަހަރަކު ދިވެހި މަސްކުންފުނިތަކުން ބައިވެރިވަނީ ރާއްޖެއިން ބޭރުގައި އޮންނަ 2 ފެއަރ އެއްގައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!