ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓު ކުރަން މި ސަރުކާރުން އުފެއްދި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރުއެމްޕީސީ) ގެ ބޯޑު އެކުލަވާލައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ކުންފުނީގެ ބޯޑަށް އައްޔަނުކުރި ފަސް ބޭފުޅުންގެ ނަން ހާމަކޮށްފަ އެވެ.
އެމްއެފްއޯއާރުއެމްޕީސީގެ ބޯޑަށް އައްޔަނުކުރީ;
އަހުމަދު ޒަރީރު - މެނޭޖިން ޑިރެކްޓަރު
މުންޝިދާ އިބްރާހިމް - ބޯޑު މެމްބަރު
އަހުމަދު ޝިފާޒް - ބޯޑު މެމްބަރު
އަހުމަދު ޔާމީން - ބޯޑު މެމްބަރު
އާދަމް މަނިކު - ބޯޑު މެމްބަރު
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދި އެ ކުންފުނީގެ ބޭނުމަކީ، އެކުއަކަލްޗާ އާއި މެރިކަލްޗާ އާއި ކަނޑުގެ ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށްގެން އޭގެން ލިބޭ މަންފާ އިތުރުކުރުމެވެ.