މަސްވެރި ހަރަކާތްތަކަށް އިންވެސްޓް ކުރަން ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް މަރުހަބާ ކިޔަން: ޝަމާހު

WhatsApp Image 2024-05-20 at 18.13.37_8d720f90

ކޭނަރީއާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި، މަސްކިރާ ބޯޓުފަހަރުތަކަށްވެސް އިންވެސްޓް ކުރުމަށް ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ކަމަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެއެވެ.

18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަން އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ގްލޯބަލް ޓޫނާ އިންޑަސްޓްރީ އެފޯޓްސް އެންޑް އެކްޝަންސް ޓުވާޑްސް ސަސްޓެއިނަބިލިޓީ އެންޑް އިނޮވޭޝަން އިކޮނޮމީ ޕެނަލް ޑިސްކަޝަންގައި ޝަމާހު ވަނީ ބައިވެވިވެވަޑައިގަންނަވާފައެވެ.

އަދި މޯލްޑިވްސްގެ މަސްވެރިކަމުގެ ސިނާއަތް ޒަމާނީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގައި މިފްކޯއިން އަދާކުރާ ދައުރާ ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ދެއްވާފައި ވެއެވެ.

އެ ޕްރެޒެންޓޭޝަންގައި ޝަމާހު ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އަސާސަކީ ދޮށީގެ މަސްވެރިކަމަށް ވެފައި، ބާނާ މަހުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި އެންމެ ކޮލިޓީ ގޮތުގައި ބަލައިގަންނަ ކަމަށެވެ.

ހަމަ އެއާއެކު ބައިކެޗް އުފެދުނަނުދީ، ކަނޑުގެ ދިރުންތަކަށް އެންމެ ގެއްލުން ކުޑަ މަސްވެރިކަމަކީވެސް އެއީ ކަމަށާއި އަދި މަސްވެރިންނަށް ހެޔޮ ގޮތް ހޯދައިދިނުމަކީ އަމާޒެއް ކަމަށް ޝަމާހު ވިދާޅުވިއެވެ.

"ދެމެހެއްޓެނިވި ގޮތުގައި މި ކުރާ މަސްވެރިކަމުގެ އިތުރުން އަޅުގަނޑުމެންވެސް ކަނޑު މަހުގެ އުފެއްދުންތައް ތައްޔާރު ކުރަނީ އެގޮތަށް ބަލައިގެން. ކޮލިޓީގެ އެންމެ އުސްފަންތީގައި ދެމިތިބުމަށާއި، އިސްރާފު ކުޑަ ކުރުމަށް ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އަޅުގަނޑުމެންގެ ކަނޑުމަހުގެ އުފެއްދުންތަކަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސެޓިފިކެޓްތަކާއެކު އުފައްދާ އުފެއްދުންތަކެއް." ޝަމާހު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމާހު ވިދާޅުވީ، ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ސަރުކާރާއި އެކު ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިފްކޯއިން ކުރަމުން އަންނަ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށްވެސް ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ދާ ކަމަށް ޝަމާހު ވިދާޅުވިއެވެ.

 

"ދިވެހި ކަނޑުމަހާއި އޭގެ އުފެއްދުންތަކަށް ދުނިޔޭގެ އިތުރު މާކެޓްތައް ހޯދައި، ފުޅާ ކުރުމަށް މިފްކޯއިން އިސްނަގައިގެން އަބަދުވެސް މަސައްކަތް ކުރޭ. ހަމައެއާއެކު ކޭނަރީއާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި، މަސްކިރާ ބޯޓުފަހަރުތަކަށްވެސް އިންވެސްޓް ކުރުމަށް ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް އަޅުގަނޑު މަރުހަބާ ކިޔަން" ޝަމާހު ވިދާޅުވިއެވެ.

ޝަމާހު ވިދާޅުވި ގޮތުގައި، މިފްކޯއަކީ ދެމެހެއްޓެނިވި ކަނޑުގެ އިގްތިސާދެއް ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާއިރު، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް، ފާގަތި މުސްތަގުބަލެއް ރާއްޖެއަށް ބިނާކޮށްދޭނޭ ބައިވެރިއެއްގެ ގޮތުގައި އެ ކުންފުނި އޮންނާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ