މަސްވެރިކަމާއި ގުޅޭ

ގަވާއިދު: ހިބަރުގެ މަސްވެރިކަމަށް ލައިސަންސް ނެގުން

ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ތިންވަނަ ބާބަކީ، ލައިސަންސް ދިނުމާގުޅޭ އުސޫލުތަކެވެ.

މި ގަވާއިދުގައި ވާގޮތުން، ހިބަރުގެ މަސްވެރިކަމުޔައްގާއި، ހިބަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރުވަމުންދާ އަންނަނިވި ފަރާތްތަކުން އެކަން ކުރަންވާނީ އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ލައިސަންސެސް ނެގުމަށްފަހުގައެވެ.

  1. ވިޔަފާރީގެ ބޭނުމަށް ހިބަރުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު
  2. ވިޔަފާރީގެ ބޭނުމަށް ނުވަތަ އެކްސްޕޯޓު ކުރުމަށް ހިބަރު ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ތަންތަން

އެހެން ނަމަވެސް، އެކްސްޕޯޓު ކުރުމަށް ނުވަތަ އެކްސްޕޯޓު ކުރާ ފަރާތަކަށް ވިއްކުމަށް ފިޔަވައި ހަމައެކަނި އެތެރޭގެ ބާޒާރުގައި ވިއްކުމަށް މަހުގެ އަގު އުފެއްދުންތައް އުފެއްދުމަށް، ފަރުދީ ފެންވަރުގައި އަމިއްލަ ފަރުދުން ހިންގާ މަސް ޕްރޮސެސް ކުރާ ތަންތަނުގެ ތެރެއިން ޑެއިލީ ޕްރޮސެސިންގް ކެޕޭސިޓީ 200 ކިލޯ އަށްވުރެ ކުޑަ ތަންތަނުން ލައިސަންސް ނަގާކަށް ނުޖެހޭނެއެވެ.

ހަމައެފަދައިން، ހޮޓާ ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުންވެސް މި ގަވާއިދުގެ ދަށުން ލައިސަންސް ނަގާކަށް ނުޖެހޭނެއެވެ.

ހިބަރުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ހިބަރު މަސްވެރިކަމުގެ ލައިސަންސް ނަގާފައިވީ ނަމަވެސް އެހެން ބާވަތެއްގެ މަސްވެރިކަމެއް ކުރާނަމަ، އެ ބާވަތެއްގެ މަސްވެރިކަން ކުރުމުގެ ލައިސަންސްވެސް ނަގަން ޖެހޭނެއެވެ.

ނަމަވެސް ހިބަރުގެ މަސްވެރިކަމުގެ ހަރަކާތުގެ ތެރެއިން ހިފޭ ނުވަތަ ބޭނޭ ކަނޑުގެ އެހެން ދިރުމެއް ވިއްކަނަމަ ލައިސަންސް ނަގާކަށް ނުޖެހޭނެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!