މަސްކެއްކުމުގެ މަސައްކަތަށް ގުރައިދޫއިން ދޫކުރި ބިންތަކުގެތެރެއިން ކުލި ނުދައްކާ ތަންތަން ބަންދުކުރަނީ

ތ. ގުރައިދޫ
ތ. ގުރައިދޫ

ތ. ގުރައިދޫއިން މަސްކެއްކުމާއި ލޮނުމަހުގެ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބިންތަކަށް ގަވާއިދުން ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ގުރައިދޫ ކައުންސިލުން ބުނީ  ބައެއް ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ބިމުގެ އެއްބަސްވުމުގެ ކުލި ދައްކަންޖެހޭގޮތުގެ އެގްރިމެންޓް އާ ކުރުމުގެ ކުރިން ކުލި ނުދައްކާ ހުރި މުއްދަތަށް ކުލި ދައްކަން ޖެހޭނެކަމަށެވެ.

ކުލި ދެއްކުމަށް އެދި މީގެ ކުރިންވެސް އެކި ފަހަރު މަތިން އެފަދަ ފަރާތްތަކަށް އަންގާފައިވީ ނަމަވެސް ދެ އަހަރުވެގެންގޮސް މިހާތަނަށް ވެސް ބިމަށް ދައްކަންޖެހޭ ފައިސާ މި އިދާރާއަށް ދައްކާފައި ނުވާކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

އެހެންކަމުން، 23 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން މި ފައިސާ އެ އިދާރާއަށް ނުދައްކައިފިނަމަ، އެ ފަރާތްތަކުން ނަގާފައިވާ ބިން ބޭނުން ނުކުރެވޭގޮތަށް ބަންދުކޮށް މި އިދާރާއިން އެ ބިމުގައި ތަޅުއެޅުމަށް ވަނީ ނިންމާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ