ކަނޑު ގަދަ ދުވަހެއްގައި ދޯންޏެއް ދަތުރު ކުރަނީ -- ފޮޓޯ/ ހަތާވީސް އޮންލައިން
ކަނޑު ގަދަ ދުވަހެއްގައި ދޯންޏެއް ދަތުރު ކުރަނީ -- ފޮޓޯ/ ހަތާވީސް އޮންލައިން

ބ އަތޮޅުން ފެށިގެން މ އަތޮޅަށް އޮރެންޖު އެލާޓު، ވިލާގަނޑުގައި 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ

ބ އަތޮޅުން ފެށިގެން މ އަތޮޅަށް އޮރެންޖު އެލާޓު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ދެންމެ ބުނީ އެ ސަރަހައްދަށް އޮރެންޖު އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 5:30 އިން މިރޭ 8:30 އަށް ކަމަށެވެ.

އެލާޓު ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދަށް ގަޑިއަކު 36 މޭލާއި 42 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

މީގެ އިތުރުން ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!