IMG_20240521_152625_419

ކަނޑުތަކުގެ ދުވަހު ބާއްވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދުނިޔޭގެ ކަނޑު ތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ކަނޑު ރޯދި އުފާ" ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ކުރި އިއުލާނެއްގައި ބުނީ، މިއަހަރުގެ ދުނިޔޭގެ ކަނޑު ތަކުގެ ދުވަސް ފާހަގަ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ޖޫން 8 ވާ ހޮނިހިރު ދުވަހު ހުޅުމާލޭ ފޭސް 1 ގެ ބީޗުގައި  "ކަނޑު ރޯދި އުފާ" ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ފެސްޓިވަލްގެ މައިގަނޑު ބޭނުމަކީ އުފާވެރި މާހައުލަކުން ކުޑަކުދިން އަދި ޒުވާނުންނަށް ކަނޑާ ގުޅުން ހުރި މަޢުލޫމާތު ދިނުމާއެކު ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، މިފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންވާ މުއައްސަސާ ތަކާއި ކްލަބް ޖަމިއްޔާތައް އަދި އަމިއްލަ ފަރުދުން، އަންނަ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރިހަމަ ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

https://docs.google.com/forms/d/e/1FAIpQLSc8YExiGHSV63VL8F5qrQTn_mFh8Up0xoEPjgCoPdjQ2gcgTQ/viewform?usp=sf_link

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ 7614000 ފޯނާ ގުޅުމަށް މިނިސްޓްރީން އެދެެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!