centara-grand-island

ރިސޯޓަކުން ގެނބުނު ފަތުރުވެރިއަކު ސަލާމަތް ކުރަން ފޭބި ދިވެއްސަކު މަރުވެއްޖެ

ރިސޯޓަކުން ގެނބުނު ފަތުރުވެރިއަކު ސަލާމަތް ކުރަން ފޭބި ދިވެއްސެއް މަރުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ، އދ. ސެންޓާރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން، އެމީހާ ސަލާމަތް ކުރަން ފޭބި މީހަކު ގެނބިގެން ފަރުވާ ދެމުން ދާކަމަށް މިއަދު 11:00 ޖަހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެމީހާ ދަނގެތީ ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ އެ ހެލްތް ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި ހާދިސާގައި މަރުވެފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!