މަސްވެރިކަމާއި ގުޅޭ

oysters-scaled

ޓެކްސަސްގައި އޮއިސްޓާރ މެރިކަލްޗަރގެ ދާއިރާ ފުޅާކުރަނީ

އެމެރިކާގެ ޓެކްސަސްގެ ކަނޑުގެ ސަރަަހައްދުތަކުގައި އޮއިސްޓަރ މެރިކަލްޗަރގެ ސިނާއަތް ތަރައްޤީކުރުމުގެ މަޝްވަރާތައް ކޮށްފިއެވެ.

މިގޮތުން މިސަރަހައްދުގެ 32 ޑިސްޓްރިކްޓެއްގެ އޮފިޝަލުން ވަނީ ވާރޗުއަލްކޮށް ބޭއްވި ސިންޕޯޒިއަމެއްގައި މިމަސައްކަތް ފެށުމާއި، މިކަން ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. ޓެކްސަސްގެ މިސަރަހައްދުގައި އޮއިސްޓަރ މެރިކަލްޗަރ ފެށުމަށް ނިންމާފައިވަނީ މިދިޔަ އަހަރު ކަމާބެހޭ ފަރާތްތަކުން ފާސްކުރި ޤާނޫނެއްގެ ދަށުން ނެވެ. ގަލްފް އޮފް މެކްސިކޯގައި އޮންނަ ޓެކްސަސް ސްޓޭޓް މިއީ ކަނޑު އަޑީގައި ކޮށި ޖަހައިގެން އޮއިސްޓަރ އާލާކުރުން ޤާނޫނު ހުއްދަކުރާ އެންމެ ފަހު ސްޓޭޓެވެ. މިމަޝްރޫގެ ސަބަބުން މިސަރަހައްދުގައި ވަޒީފާ އިތުރުވެ، މިސަރަހައްދަށް އިޤްތިސާދީ ގޮތުން ވަންނަ ފައިސާ އިތުރުވާނެކަމަށް އޮފިޝަލުން ގަބޫލުކުރެއެވެ.

ވާރޗުއަލްކޮށް ޓެކްސަސްގެ އޮފިޝަލުން ބޭއްވި ބައްދަލުވުމުގައި ވަނީ މިމަޝްރޫއު ތިމާވެއްޓާއި ރައްޓެހި މާހައުލެއްގައި، އަދި ރައްކާތެރިކޮށް ކުރެވޭނެ ގޮތްތަކާބެހޭ ގޮތުންވެސް މަޝްވަރާކޮށްފައެވެ. މިމަސައްކަތް ފެށުމަށް މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަން މިހާރު ވަނީ ނިންމާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!