މާލެ ސަރަހައްދަށް ވިއްސާރަ ކުރަނީ -- ފޮޓޯ/ ދުވަސް
މާލެ ސަރަހައްދަށް ވިއްސާރަ ކުރަނީ -- ފޮޓޯ/ ދުވަސް

ވިއްސާރައިގެ ސަބަބުން ދިރާސީ އަހަރުގެ ފުރަތަމަ ތިން ދުވަހު ކިޔަވާ ވަގުތު މަދުކޮށްފި

ވިއްސާރައިގެ ސަބަބުން ދިރާސީ އަހަރުގެ ފުރަތަމަ ތިން ދުވަހު ކިޔަވާ ވަގުތު މަދުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސަރކިއުލަރއެއްގައި ބުނީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހު ކަމަށެވެ. ނަމަވެސް މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާއެކު ވާރޭ ވެހި، ކަނޑުތައް ގަދަ ވުމުގެ ސަބަބުންްު ދަތުރުފަތުރު ކުރުމަށް ބުރޫއަރާފައިވާ ދުވަސްވަރަކަށް ވުމުން، ދަރިވަރުންގެ ފިލާވަޅުތައް ނުގެއްލޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހު ސްކޫލުގައި ކިޔަވާ ދަންފަޅިތައް ކުރުކޮށް ގެންދިއުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް އެ ސަރކިއުލަރގައި ބުންޏެވެ.

މިނިސްޓްރީން ސްކޫލުތަކަށް އަންގާފައި ވަނީ އެ ތިންދުވަހުވެސް ކޮންމެ ދަންފަޅިއެއް2 ގަޑިއިރާ3 ގަޑިއިރާ ދެމެދަށް ފައްތައިގެން ކުރިއަށް ގެންދިއުމަށެވެ.

މީގެ އިތުރުން މިނިސްޓްތީން ބުނީ، މިދުވަސްތަކުގައި ދަރިވަރުންގެ މެދުގައި އިހުތިރާމު ކުރުމުގެ އާދަ އަށަގެންނެވުމާއި، ދުޅަހެޔޮކަން ރައްކާތެރި ކުރުމަށް އިސްކަން ދިނުމާއި ހަނގާ ކުރުމާ ދެކޮޅަށް ޕްރޮގްރާމުތަކެއް ސްކޫލު ފެންވަރުގައި ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!