ރީނދޫއުރަހަ ކަންނެލި ބާނަން ބޭނުންކުރާ އެން
ރީނދޫއުރަހަ ކަންނެލި ބާނަން ބޭނުންކުރާ އެން

ދިރޭ ކުދިމަސް ދިރިއުޅޭ މާހައުލާއި، އެ މާހައުލާ މަހާ ހުރި ގުޅުން

ދިވެހިރާއްޖޭގެ ދިރޭކުދިމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައި ވާގޮތުން، ދިވެހިރާއްޖޭގައި ކުރެވޭ ދިރޭކުދިމަހުގެ މަސްވެރިކަމުގައި ނަގާ ބާވަތްތަކަކީ ފަރުތަކުގައި އުޅޭ ނުވަތަ ފަރުތަކާ ގުޅިފައިވ،ާ މާޙައުލީ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ބާވަތްތަކެކެވެ.

މީގެތެރޭގައި 2017 ވަނަ އަހަރު އެންމެ ގިނައިން އެކްސްޕޯޓުކުރެވުނު 20 ބާވަތުގެ ތެރެއިން، ދެ ބާވަތެއް ކަމަށްވާ ތެޔޮފުޅި މަހާއި ރަންގެރި ހިމެނެއެވެ. މި ދެ ބާވަތަކީ މާޙައުލީ ނިޒާމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގައި އަދި ފަރުތަކުގެ ފުރިހަމަ ޞިއްޙަތު ހިފެހެއްޓުމުގައި ޚާއްޞަ ތަފާތު ދައުރުތަކެއް އަދާކުރާ ބާވަތްތަކެކެވެ (ކީސްޓޯން ސްޕީޝީޒްތަކެކެވެ).

ކީސްޓޯން ސްޕީޝީޒްއަކީ މާޙައުލަކުން އެބާވަތެއް ނެތިގެން ހިނގައްޖެނަމަ ނުވަތަ ވަކި މިންވަރަކަށް މަދު ވެއްޖެނަމަ އެ މާޙައުލީ ނިޒާމުގެ ހަމަހަމަކަން (އީކޯސިސްޓަމް ބެލެންސް) ގެއްލި ނުވަތަ އެމާޙައުލެއް އެއްކޮށް ނެތިގެން ހިނގައިދިޔުމަށް މެދުވެރިވާ ފަދަ މުހިންމު ބާވަތްތަކެވެ.

މިސާލަކަށް ތެޔޮފުޅި މަހަކީ މަސްމަހުގެ ހަށިގަނޑުގެ ބޭރުކައިރީގައި އުޅޭ ކުދި ސޫފިތަކާއ،ި ބޮޑެތިމަހުގެ ހަށިގަނޑުގެ ލޮނދި ފަށަލައިގައި ހިފާފައި ހުންނަ އެއްޗެތި ކައިއުޅޭ މަހެކެވެ.

މި ބާވަތުގެ މަސް އާންމުކޮށް އުޅޭ ސަރަޙައްދުތަކުން ނަގައި ހުސްކުރުމުން ލިބޭ ގެއްލުން ދެނެގަތުމަށް ކުރެވުނު ދިރާސާއެއްގައި (ވޮލްޑީ އެޓް އަލ،.ް 2011)، ކޮންޓްރޯލްކުރެވިފައިވާ އެހެން ފަރުފަޅުތަކާ އަޅާބަލާއިރު ތެޔޮފުޅިމަސް ނަގައި ހުސްކޮށްފައިވާ ފަރުތަކުގައި އުޅޭ މަސްތައް ނިސްބަތުން ސައިޒް ކުޑަވެފައިވާކަމާއ،ި މަހުގެ އާބާދީ އިތުރުވެ އާލާވާ މިންވަރު 37% ދަށްވެފައިވާކަން އަދި މުޅިއެކު މާޙައުލުގައި އުޅޭ މަހުގެ ބާވަތްތައްވެސް ނިސްބަތުން 23% މަދުވެފައިވާކަން ފާހަގަކުރެވުނެވެ.

މީގެ އިތުރުން، ފާހަގަވެގެންދިޔަ ހެކިތަކުން ޅަމަސް އިތުރުވާމިންވަރު 65% ދަށްވެ، ޅަމަސް މަރުވާ މިންވަރު އިތުރުވެފައިވާ ކަމަށް ފާހަގަކުރެވިފައި ވާކަމަށް އެ ގަވާއިދުގައި ވެއެވެ.

މިދިރާސާއިން ތެޔޮފުޅި މަސް ކަހަލަ ސާފުކުރާ މަހުގެ ސަބަބުން މާޙައުލީ ނިޒާމަށާއ،ި މާޙައުލުގައި އުޅޭ ބާވަތްތަކަށް ފައިދާކުރަނިވި އަސަރުތަކެއް ކުރާކަން ދަލީލުކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!