Lobster

އިިހީގެ މަސްވެރިކަމާއި ވިޔަފާރި

ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައި ވާގޮތުން، އާންމުގޮތެއްގައި އިހި ހިފައި އުޅެނީ ހުއިފިލަނޑާ މަސްވެރިކަމުގައި ނުކުމެ އުޅޭއިރުއެވެ.

ހުއިފިލަނޑާއެކޭ އެއްފަދައިން އިއްސަކީ ވެސް ފީނައިގެން، ނުވަތަ ތިލަ ތަންތަނުގައި ހިނގާލާފައި ގޮސް އަތުން ނަގާ ބާވަތެކެވެ. މިގޮތަށް އިހި ނެގުމުގައި ގިނައިން ހަރަކާތްތެރިވަނީ ރޭގަނޑު ގަޑީގައި ބައްތި ދިއްލައިގެންނެވެ..ެ

ދިވެހިރާއްޖޭގައި އިހީގެ ބާވަތްތައް ހިފާ އަދަދު ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން އިހީގެ މަސްވެރިކަން ކުރެވޭ
މިންވަރު އެހައި ފުރިހަމައަށް ދެނެ ގަނެވިފައެއް ނުވެއެވެ. އެހެން ނަމަވެސ،ް 1970ގެ އަހަރުތަކުގެ ތެރޭގައި ޤާއިމުކުރެވުނު އިހީގެ
ރިޕޯޓު ފޮނުވުމުގެ ނިޒާމުގެ ތެރެއިން އިހީގެ މަސްވެރިކަމުގެ މަޢުލޫމާތު ކޮންމެވެސް ވަރަކަށް ލިބިފައިވެއެވެ.

މި އިންތިޒާމު ހަމަޖެހިފައި އޮތް ގޮތަކީ މަސްވެރިން ކޮންމެ ދުވަހަކު ނަގާ އިހީގެ މިންވަރު ކޮންމެ ރަށެއްގެ ރަށު އޮފީހުގައި ހުންނަ ކަނޑައެޅޭ ވަކި ފަރާތަކަށް އެންގުމުން އޭނާ ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓްރީގައި އޭރު ހުންނަ މަޢުލޫމާތާއި ތަފާސްހިސާބު ބެލެހެއްޓުމާބެހޭ ސެކްޝަނަށް ހުށަހަޅަނީއެވެ.

ނަމަވެސް، ދިވެހިރާއްޖޭގައި ނަގާ އިހީގެ ޖުމުލަ އަދަދު މި ރިޕޯޓުތަކުން ފުރިހަމައަށް ރަމްޒުކޮށްނުދޭކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!