މިދިޔަމަހު ރާއްޖެއިން 127 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފި

މަސް ކިރުވަނީ، ފޮޓޯ : އަވަސް އޮންލައިން
މަސް ކިރުވަނީ، ފޮޓޯ : އަވަސް އޮންލައިން

މިދިޔަމަހު ރާއްޖެއިން 127 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ މިއަހަރުގެ އޭޕްރީލްމަހުގެ އިމްޕޯޓު އަދި އެކްސްޕޯޓުގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިދިޔަމަހު އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ކަނޑުކުރި ކަޅުބިލަމަހުގެ ބާވަތްތަކެވެ.

އެކްސްޕޯޓުކޮށްފައިވާ މަހުގެ ބާވަތްތަކުގެ ތަފްސީލް

ގަނޑުކުރި ކަޅުބިލަމަސް : 52 މިލިއަން ރުފިޔާ

ދަޅުގައި ބަންދުކުރިމަސް : 45 މިލިއަން ރުފިޔާ

ގަނޑުކުރި ކަންނެލި : 16 މިލިއަން ރުފިޔާ

ދަޅުގައި ބަނދުކުރި ކަންނެލި : 10 މިލިއަން ރުފިޔާ

ތާޒާ ކަންނެލި : 4 މިލިއަން ރުފިޔާ

ކަސްޓަމްސްގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ ޖުމްލަ މުދަލުގެ އަގުވަނީ 22% ދަށްވެފައެވެ.

ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓުކޮށްފައިވަނި ތައިލޭންޑަށެވެ. އެގޮތުން މިދިޔަމަހު ތައިލޭންޑަށްވަނީ 67 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައެވެ. ދެން އެންމެ ގިނައިން މަސް އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެގޮތުން މިދިޔަމަހު 22 މިލިއަން ރުފިޔާގެ މަސް ވަނީ އެޤައުމަށް ބޭރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ