އަބްދުއްރަހީމް -- ފޮޓޯ: މިހާރު
އަބްދުއްރަހީމް -- ފޮޓޯ: މިހާރު

މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އިންތިހާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 71 މެމްބަރުންގެ ވޯޓާއިއެކު، 20 ވަނަ ދައުރުގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިންތިހާބުވެއްޖެ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމަށްފަހު މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާއަށް ރައީސްކަމަށް ވާދަކުރައްވަން ނަން ހުށަހެޅުއްވީ އަބްދުއްރަހީމްގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ.

ނުވަދިހަދެ މެމްބަރުންގެ ބައިވެރިވުމާއިއެކު ކުރިއަށްދިޔަ ސިއްރު ވޯޓުގައި އަބްދުއްރަހީމް ރައީސްކަމަށް އިންތިހާބުކުރަން ވޯޓު ދެއްވީ 71 މެމްބަރުންނެވެ. ނާޒިލް އިންތިހާބުކުރަން ވޯޓު ދެއްވީ 14 މެމްބަރުންނެވެ. ބާތިލު ހަތް ވޯޓުވެސް ހިމެނެ އެވެ.

މިއަދު ކުރިއަށްދިޔަ ވޯޓުގައި މަޖިލިސް ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ބައިވެރިވެވަޑައިނުގަންނަވަ އެވެ.

މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރުމުގެ ވޯޓުލުންވެސް މިއަދުގެ ޖަލްސާގައި ކުރިއަށް ދާނެ އެވެ. މި މަގާމަށް ހުށަހަޅާފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަމާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!