މަސްވެރިކަމާއި ގުޅޭ

މަސްވެރި މަޝްރޫއުތަކަށް ކައުންސިލްތަކުން ހުއްދަ ދޫކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތް

މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމް ކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދުގައި، ކައުންސިލް އިދާރާއިން ހުއްދަ ދޫކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތް ބަޔާންކޮށްފައި ވެއެވެ.

އެގޮތުން، މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމްކުރާ މަސް ޕްރޮސެސްކުރާ ތަންތަން ނުވަތަ ގޭދޮށު މަސް ފެކްޓަރީތަކުގެ ތެރެއިން ދުވާލަކު 10 ޓަނަށްވުރެ ގިނަނޫން އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ހުރި ތަންތަނަށް ހުއްދަދޭނ،ީ މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ މަޝްރޫޢެއް ޤާއިމްކުރާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާއިން، އެ އިދާރާއަކުން ހަމަޖައްސައިފައިވާ އިންތިޒާމެއްގެ ދަށުންނެވެ.

އެ ގިންތިއަށް ފެތ،ޭ މަސް ޕްރޮސެސްކުރާ ތަންތަން ނުވަތަ މަސް ފެކްޓަރީތައް ޤާއިމްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގައ،ި އެ މަޝްރޫޢަކަށް ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިން އަންނަނިވި މަޢުލޫމާތު ލިބޭނެ އިންތިޒާމްތައް ރަށު ކައުންސިލާއި ސިޓީ ކައުންސިލް އިދާރާތަކުން ހަމަޖައްސައ،ި މަޝްރޫޢު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އެ ކަންތައްތަކަށް ރިޢާޔަތްކުރަންވާނެއެވެ.

 1.  އެ ތަނެއްގައި އުފައްދާނެ އަގު އެއްކުރި މަހުގެ އުފެއްދުންތަކުގެ ތަ ފުސީލު؛
 2.  އެ ތަނެއްގައި އެންމެ ގިނަވެގެން ދުވާލަކު ޕްރޮސެސްކުރެވޭނެ ރޯމަހުގެ ޖުމުލަ މިންވަރު (24 ގަޑިއިރުގެ ތެރޭގައި ޕްރޮސެސް ކުރެވޭނެ މަހުގެ އަދަދ،ު މެޓްރިކް ޓަނުން)؛
 3. ޕްރޮސެސްކުރުމަށް ގަސްތުކުރާ ރޯމަހުގެ ބާވަތްތައް؛
 4.  މަސް ގަނޑުކޮށް ފިނިކުރުމަށް ޤާއިމްކުރުމަށް ގަސްތުކުރާ ވަސީލަތްތަކާއ،ި ގަނޑުކުރި މަހުގެ ގޮތުގައްޔާއި ފިނިކުރި މަހުގެ ގޮތުގައި ރައްކައުކުރުމަށް ތައްޔާރުކުރާ ސްޓޯރޭޖްތަކުގެ ކެޕޭސިޓީ (މެޓްރިކް ޓަނުން)؛
 5. މަސްވެރިންނަށް ފޯރުވައިދޭނެ އެހެނިހެން ޚިދުމަތްތަކުގެ ތަފުސީލު (ތެލާއ،ި  ފެނާއ،ި އައިސް ހިމެނޭ ގޮތަށް)؛
 6. ފެސިލިޓީގެ ކެޕިޓަލް ޚަރަދުތަކާއ،ި ރިކަރަންޓް ޚަރަދުތައް؛
 7.  ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް ކުރިޔަށްދާނެ މުއްދަތާއ،ި މަސައްކަތް ކުރިޔަށްދާނެ ގޮތުގެ ތާވަލު؛
 8.  ފެސިލިޓީއަށް ބޭނުންވާނެ ހަކަތައިގެ މިންވަރާއ،ި ހަކަތަ އުފެއްދުމަށް ނުވަތަ ހޯދުމަށް ގަސްތުކުރާ ގޮތް؛
 9.  އެ ފެސިލިޓީއަކަށް ބޭނުންވާނެ ފެނުގެ މިންވަރާއ،ި ފެން އުފެއްދުމަށް ނުވަތަ ހޯދުމަށް ގަސްތުކުރާ ގޮތް؛
 10.  އެ ފެސިލިޓީއެއްގައި މަސައްކަތްކުރާނެ ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންގެ އަދަދު؛
 11.  ސަރުކާރުގެ އެހެން ވުޒާރާއަކުން ނުވަތަ އިދާރާއަކުން އެފަދަ މަޝްރޫޢެ އް ކުރިޔަށް
  ގެންދިއުމަށް ހުއްދައެއް ނަގަންޖެހޭ ނަމ،ަ އެ ހުއްދައެކެވެ.
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!