މަސްވެރިކަމާއި ގުޅޭ

ފިތްޖެހިފާނަ -- ފޮޓޯ/ ސީއަންސީން
ފިތްޖެހިފާނަ -- ފޮޓޯ/ ސީއަންސީން

ފާނަ އެކްސްޕޯޓުކުރުމުގައި ޢަމަލު ކުރަން ޖެހޭ ގޮތް

ފާނައިގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދުގެ ދަށުން، ފާނަ އެކްސްޕޯޓުކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކެއް ވެއެވެ. އެއީ:-

  1.  ފާނައާއި ފާނައިގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން މަސް ގަންނަންވާނީ ޞައްޙަ ލައިސަންސެއް ލިބިފައިވާ އުޅަނދުތަކުން ނުވަތަ ޞައްޙަ ލައިސަންސެއް ލިބިފައިވާ ފާނައިގެ ބާވަތްތައް މެދުވެރިއެއްގެ ގޮތުން ވިއްކާ ފަރާތްތަކުން ނުވަތަ ޞައްޙަ ލައިސަންސެއް ލިބިފައިވާ އެކުއަކަލްޗަރ ފެސިލިޓީތަކުންނެވެ.
  2.  އެކްސްޕޯޓު ކުރުމަށް ތައްޔާރުކުރާ ފާނައާއި ފާނައިގެ އުފެއްދުންތައް ބަންދުކުރަންވާނ،ީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
  3.  ދިރޭ ފާނަ ފިޔަވައި އެކްސްޕޯޓު ކުރުމަށް ތައްޔާރުކުރާ ފާނަ ބަންދުކުރަންވާނ،ީ ބާވަތްތައް ވަކިވަކިންނެވެ.
  4.  އެކްސްޕޯޓުކުރުމަށް ތައްޔާރުކުރާ ފާނައާއި ފާނައިގެ އުފެއްދުންތައް ބަންދުކުރާ ޕެކޭޖްތަކުގައ،ި ފާނައިގެ ބާވަތާއ،ި އަދަދާއ،ި ބަރުދަނާއި އެވަރެޖް ސައިޒާއ،ި އެކްސްޕޯޓަރުގެ ތަފުސީލު ސާފުކޮށް އެނގޭނޭހެން ލޭބަލް ކުރަންވާނެއެވެ.
  5.  އެކްސްޕޯޓުކުރާ ފާނައާއި ފާނައިގެ އުފެއްދުންތަކުގެ ކޮންމެ ޝިޕްމަންޓަކަށ،ް ބުނެވިދިޔަ މަޢުލޫމާތު ހިމެނޭ ޕެކިންގ ލިސްޓެއ،ް އެކްސްޕޯޓަރުން ތައްޔާރުކުރަން ވާނެއެވ.ެ އަދި ތަންފީޛީ އޮފިސަރެއް ނުވަތަ ފިޝަރީޒް ރޭންޖަރެއް އެދިއްޖެ ހާލަތުގައި ޕެކިންގ ލިސްޓު ދައްކަންވާނެއެވެ.
  6.  މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ސައިޒް ލިމިޓްތަކާ ޚިލާފަށް ބާނައިފައިވާ ފާނައިގެ އެއްވެސް ބާވަތެއް އެކްސްޕޯޓުކޮށްގެން ނުވާނެއެވެ.
  7.  ދިރޭ ފާނަ އިމްޕޯޓުކުރާ ޤައުމުން ކަރަންޓީނު ކުރުން ލާޒިމުކުރާނަމަ، އެކްސްޕޯޓް ކުރުމުގެ ކުރިން މިނިސްޓްރީގެ ކަރަންޓީނު ފެސިލިޓީގައި އެ އުފެއްދުމެއް ކަރަންޓީނު ކުރުމުގެ ކަންކަން ހަމަޖެއްސުމުގެ ޒިންމާ އުފުލަންޖެހޭނީ އެކްސްޕޯޓްކުރާ ފަރާތުންނެވެ. އަދި އެކަމަށް ހިނގާ އެންމެހައި ޚަރަދަކަށް ޒިންމާވާނީ ވެސް އެ ފަރާތުންނެވެ.
  8.  [މަސްވެރިކަމާބެހޭ މަޢުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު] އާ އެއްގޮތަށ،ް މަސްވެރިންގެ ފަރާތުން ނުވަތަ ޕްރޮސެސްކުރާ ފަރާތްތަކުން އެއްކުރާ، މަސްވެރިކަމުގެ ހަރަކާތްތަކާ ގުޅޭ މަޢުލޫމާތުގެ ސިއްރުކަން، ފާނައާއި ފާނައިގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މަޢުލޫމާތު، މިނިސްޓްރީ ފިޔަވައި އެހެން
    ފަރާތަކާ، މިނިސްޓްރީގެ ހުއްދަ ނެތި ހިއްސާ ކުރުމަކީ ކުށެކެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!