މަސްވެރިކަމާއި ގުޅޭ

ވާރޭ ވެހޭ ދުވަހެއް، ފޮޓޯ- މަސްވެރި އިހަވަންދޫ
ވާރޭ ވެހޭ ދުވަހެއް، ފޮޓޯ- މަސްވެރި އިހަވަންދޫ

ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފި

ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓުން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ނިޔަލަށެވެ. އެ ސަރަހައްދަށް މިއަދު މެންދުރު 2:30 ގެ ނިޔަަލަށް، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ބުނީ މިއަދުއެވެ.

އެ އިދާރާއިން ބުނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދަށް ގަދަ ވަޔާއެކު ވިއްސާރަކޮށް، އާއްމު ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އާއްމު ގޮތެއްގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވ.ެ އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ. ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އެދިފައެވެ.

އޭގެއިތުރުން މެޓުން ބުނީ، ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހި، ވައިގަދަވެ، ކަނޑުތައް ގަދަ ވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހާ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދޭ ކަމަަށެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!