ދުނިޔޭގެ ކަނޑު ތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ކަނޑު ރޯދި އުފާ" ފެސްޓިވަލްގައި ބައިވެރިވުމުގެ ސުންގަޑި މާދަމާއަށް ހަމަވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނީ، މިއަހަރުގެ ދުނިޔޭގެ ކަނޑު ތަކުގެ ދުވަސް ފާހަގަ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ޖޫން 8 ވާ ހޮނިހިރު ދުވަހު ހުޅުމާލޭ ފޭސް 1 ގެ ބީޗުގައި "ކަނޑު ރޯދި އުފާ" ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ފެސްޓިވަލްގެ މައިގަނޑު ބޭނުމަކީ އުފާވެރި މާހައުލަކުން ކުޑަކުދިން އަދި ޒުވާނުންނަށް ކަނޑާ ގުޅުން ހުރި މަޢުލޫމާތު ދިނުމާއެކު ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން، މިފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންވާ މުއައްސަސާ ތަކާއި ކްލަބް ޖަމިއްޔާތައް އަދި އަމިއްލަ ފަރުދުން، 30 މޭ ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރިހަމަ ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ 7614000 ފޯނާ ގުޅުމަށް މިނިސްޓްރީން އެދެެއެވެ.