ރަތް މަހަކީ، ސިއްހަތަށް އެތައް ފައިދާއެއް ކުރާ މަހެކެވެ. މިއީ ބެލެންސްޑް ޑައިޓަކަށް ކޮންމެހެންވެސް މުހިންމު މަހެކެވެ.
ރަތް މަސް ކެއުމުން ސިއްހީ ގޮތުން ލިބޭ މުހިންމު ބައެއް ފައިދާތައް:
ޕްރޮޓީން އިން މުއްސަނދި : ރަތް މަހަކީ، ޕްރޮޓީން ގިނަ އަދަދަކަށް އެކުލެވޭ މަހެކެވެ. އެހެންކަމުން ރަސް މަސް ކެއުމުން މަސްތަކުގެ ދުޅަހެޔޮކަމާއި ކަށިތައް ދުޅަހެޔޮވެގެންދެެެއެވެ.
ކެލޮރީސް މަދު: ރަތް މަހަކީ ކެލޮރީ މަދު އޮޕްޝަނެއް ކަމުން ނިއުޓްރިޝަނަލް ވެލިއު ގުރުބާން ނުކޮށް ބަރުދަން ހިފެހެއްޓުމަށް ނުވަތަ ލުއިކުރަން ބޭނުންވާ މީހުންނަށް މިއީ އެކަށީގެންވާ މަހެކެވެ.
އޮމެގާ-3 ފެޓީ އެސިޑްސް: ރަތް މަހުގައި އޮމެގާ-3 ފެޓީ އެސިޑް އެކުލެވިގެންވާ އިރު، މިއީ އެންޓި-އިންފްލެމޭޓަރީ ގުނަވަންތަކަށް މަޝްހޫރު އެއްޗެކެވެ. މި ފެޓީ އެސިޑްތަކުގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް އެހީތެރިވެދެނީ ޓްރައިގްލިސަރައިޑް ލެވެލް ދަށްކޮށްދީ، ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށެވެ.
ވިޓަމިންސް އެންޑް މިނަރަލްސް: ރަތް މަހަކީ ކޮންމެހެން ބޭނުންވާ ވިޓަމިންސް އާއި މިނަރަލްސް އެކުލެވިގެންވާ ރަނގަޅު ބާވަތެކެވެ.
ވިޓަމިން ޑީ: ކަށީގެ ދުޅަހެޔޮކަމާއި ދިފާއީ މަސައްކަތަށް މުހިންމު.
ވިޓަމިން ބީ12: ނާރުގެ މަސައްކަތްކުރުމަށާއި ޑީއެންއޭ އާއި ލޭގެ ރަތް ސެލްތައް އުފެއްދުމަށް ވަރަށް މުހިންމު.
ސެލެނިއަމް: ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދީ ތައިރޮއިޑް ގެ މަސައްކަތްތަކަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓެެއް
މެގްނީޒިއަމް: މަސްތަކާއި ނާރުތަކުގެ މަސައްކަތްތަކާއި ލޭގެ ގުލްކޯޒް ކޮންޓްރޯލް ކުރުމާއި ކަށީގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ
ޕޮޓޭސިއަމް: ފްލުއިޑް ބެލެންސް، މަސްލް ކޮންޓްރެކްޝަން އަދި ނާރުގެ ސިގްނަލްތައް ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭ
ސެޗުރޭޓެޑް ފެޓް މަދު: ރަތް މަހަކީ، ސެޗުރޭޓެޑް ފެޓް މަދު، މިއީ ކޮލެސްޓްރޯލްގެ ދުޅަހެޔޮ މިންވަރު ދެމެހެއްޓުމަށާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ފައިދާ ހުރި އެއްޗެކެވެ.
ކަށީގެ ދުޅަހެޔޮކަން: ރަތް މަހުގައިކެލްސިއަމް އާއި ފޮސްފަރަސް ހުރުމަކީ ވަރުގަދަ ކަށިތަކަށާއި ދަތްތަކަށް އެހީތެރިވެދޭ ކަމެކެވެ.
އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް: ރެޑް ސްނެޕާގައި ހިމެނޭ ސެލެނިއަމް އަދި އޮމެގާ-3 ފެޓީ އެސިޑްގައި އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް ހުންނައިރު، ހަށިގަނޑުގައި އޮކްސިޑޭޓިވް ސްޓްރެސް އާއި އިންފްލެމޭޝަން ކުޑަކޮށްދެ އެވެ.
ސިކުނޑީގެ ހެލްތް: އޮމެގާ-3 ފެޓީ އެސިޑް، ހާއްސަކޮށް ޑީއެޗްއޭ އަކީ ސިކުނޑީގެ ދުޅަހެޔޮކަމާއި ކޮގްނިޓިވް ފަންކްޝަނަށް ވަރަށް މުހިންމު އަދި ނިއުރޯޑިޖެނެރޭޓިވް ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެކެވެ.
ކެއުމުގައި ރަތް މަސް ހިމެނުމަކީ މުޅި ސިއްހަތާއި ދުޅަހެޔޮކަމަށް އެހީތެރިވެދޭ އެއްޗެކެވެ. ނަމަވެސް މެދުމިނުގައި ކެއުމާއި، އެހެން ގިނަ މަސްތަކެކޭ އެއްފަދައިން މާކިއުރީ ގެ ބާވަތްތަކަށް ވެސް ސަމާލުކަން ދިނުން މުހިއްމެވެ.