މަސްވެރިކަމާއި ގުޅޭ

GOvJUlcbcAA1S3p

ޗައިނާ ވަފުދުގެ ބޭފުޅުން މަނިޔަފުއްޓަށް ޒިޔާރަތްކޮށްފި

ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ޑިޕާޓުމަންޓު އޮފް ފިޝަރީޒް ރިސޯސަސްގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން މަނިޔަފުށީގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ ރިސާރޗް އެންޑް ޓްރޭނިންގ ފެސިލިޓީއަށް ޒިޔާރަތްކޮށްފިއެވެ.

ވަފުދުގެ ބޭފުޅުންނަށްވަނީ މަނިޔަފުށީގައި ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭ ތަފްސީލްތައް ދީފައެވެ. އަދި މެރިކަލްޗާގެ ދާއިރާއިން ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަތުތަކާއި ގުޅޭގޮތުން އަދި ދެ ޤައުމަށް މިދާއިރާއިން ފައިދާވާ ފަދަ ގޮތަކަށް މަސައްކަތްތައް ކުރެވޭނެގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ފުޖިއާންއަކީ ޗައިނާގައި މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ޕްރޮވިންސްއެކެވެ. ފުޖިއާން ޕްރޮވިންސްގެ މި ވަފުދުގެ މި ދަތުރަކީ މަސްވެރިކަމާއި ކަނޑުތަކާއި ގުޅޭގޮތުން މައުލޫމާތު ބަދަލުކޮށް، ގުޅުންތައް ބަދަހިކޮށް، މަސްވެރިކަން ކުރިއެރުވުމުގައި ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުސަތުތައް ބެލުމަށް ކުރާ ދަތުރެއް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖެއާއި ޗައިނާ އާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކޮށްފައިވާއިރު، މިއަހަރުތެރޭގައި މި އެއްބަސްވުމަށް އަމަލުކުރާ ފަށާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ ދަށުން 296 ބާވަތެއްގެ ސީފުޑު އެއްވެސް ޓެރިފަކާއި ނުލައި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓުކުރެވޭނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!