މަސްވެރިކަމާއި ގުޅޭ

large_151677617249l0gn

ހާފިޒްގެ ވަކިވެވަޑައިގަތުމަކީ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ފަޅުކަމެއް: މިނިސްޓްރީ

ސަރުކާރަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، އަދި ކުޅިވަރާއި ތައުލީމަށާއި މަސްވެރިކަމަށްވެސް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަހުމަދު ހާފިޒް 62އ އަވަހާރަވުމަކީ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެއް ފިޝަރީޒް މިނިޓްރީން ބުނެފިއެވެ.

މ. ޒިޔާރަތްދޮށޫގޭ އަވަހާރަވީ، ކެންސަރު ބަލީގައި އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ހާފިޒްގެ ވަކިވުމާ ގުޅިގެން މަސްވެރި ވުޒާރާއިން ހާފިޒުގެ އާއިލާއަށް ފޮނުވި ތައުޒިޔާގައި ބުނީ، ހާފިޒް ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރި ހަބަރު އެހީ ފުން ހިތާމަޔާއެކުގައި ކަމަށެވެ.

އެ މަނިކުފާނު ވަނީ މަސްވެރިކަމާ ބެހޭ ފަންނު ކުރިއެރުވުމަށާއި މިނިސްޓްރީއާއި މެރިން ރިސާޗް ސެންޓަރަސް އަގު ހުރި ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށް މިނިސްޓްރީން ފާހަގަ ކުރިއެވެ.

ހާފިޒަކީ ސަރުކާރުގައި މަސްވެރިކަމުގެ ޕޮލިސީތައް ރޭއްވެވުމުގަ އާއި މަސްވެރިކަމުގެ ރޮނގުން އާންމުން ހޭލުންތެރި ކުރުވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެގޮތުން ހާފިޒަކީ، ފިޝަރީޒް މިނިސްޓްރީންގިނަ އަހަރުތަކެއް ވަންދެން ނެރުނު މަޝްހޫރު "ރަސްއައިން"ގެ އެޑިޓަރުކަން ގިނަ އަހަރުތަކަކު ކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން ރާއްޖެއިން އަލަށް ފެންނަ މަސްމަހަށް ނަން ދިނުމާއި މެރިން ރިސާޗްގައިވެސް ހާފިޒަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާއަކީ، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާ ބެހޭ މައުލޫމާތު ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރެއިން އެކަކެވެ.

ސައިންޓިސްޓުން ވަނީ ހާފިޒު ހޯއްދެވި މަހަކަށް "ހާފިޒް"ގެ ނަމުން ނަންވެސް ދީފައެވެ.

މަސްވެރިކަމުގެ ދާއިރާ އިން ހާފިޒަށް ވަނީ ހިތްވަރު ދިނުމުގެ އިނާމް ވެސް ލިބިވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!