މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމް ކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ށ. ގެ 13 ވަނަ ނަންބަރާއ،ި 29 ވަނަ މާއްދާގެ އ.އާއ،ި 55 ވަނަ މާއްދާގެ ހ. ގެ ދަށުން ފިޝަރީޒް މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
މި ގަވާއިދަށް ކިޔާނ،ީ "މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމްކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދު" އެވެ.
މި ގަވާއިދުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ހިންގާ މަސްވެރިކަމުގެ މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް އެކަމުގެ މަންފާ އެންމެ އެދެވޭގޮތުގައި ކުރާނެ ގޮތަށް ފަރުމާކޮށްގެން ހިންގާ މަޝްރޫޢުތަކެއްކަން ކަށަވަރުކުރުމާއެކު، މަސްވެރިކަމުގެ މަޝްރޫޢުތަކަށް އިންވެސްޓްކޮށް، އެފަދަ މަޝްރޫޢުތައް ރާވައި ހިންގާ ފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތް ކުރުމެވެ.
އަދި މަސްވެރިކަމުގެ މަޝްރޫޢު ޤާއިމް ކުރުމަށް މިނިސްޓްރީގެ ހުއްދަ ހޯދުމުގައި ޢަމަލުކުރަންޖެހޭ މަރުޙަލާތައް ކަނޑައަޅައ،ި ހަރުދަނާ އުސޫލުތަކެއްގެ ދަށުން އެ ކަންކަން ތަންފީޛު ކުރުމެވެ.
މި ގަވާއިދު ހިނގާނ،ީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއ،ި ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ކަނޑާއ،ި އަތޮޅުތަކުގެ އެތެރެވަރިއާއ،ި ފަރާއ،ި ފަޅާއ،ި މޫދާއ،ި ކުޅިއާއ،ި ރަށްރަށުގައ،ި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މަޝްރޫޢުތައް ހިންގާ ފަރާތްތަކުގެ މައްޗަށެވެ.
ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ މަޝްރޫޢުތައް މި ގަވާއިދުން އިސްތިސްނާ ވާނެއެވެ.
- މިނިސްޓްރީން ހިންގާ މަސްވެރިކަމާ ގުޅުންހުރި މަޝްރޫޢުތައް؛
- މިނިސްޓްރީން އަޖުމަބެލުމުގެ ގޮތުން ހިންގާ މަޝްރޫޢުތައް؛
- ސަރުކާރުގެ އިދާރާތަކުން މިނިސްޓްރީއާ ގުޅިގެން ހިންގާ މަސްވެރިކަމާ ގުޅުންހުރި މަޝްރޫޢުތައް
މަސްކައްކައި ހިއްކުމަށް، ނުވަތަ ލޮނުމަސް އެޅުމަށް، ނުވަތަ ރިހާކުރު ފަދަ ތަކެތި ތައްޔާރުކުރުމަށް، ނުވަތަ ދިވެހިން އާންމުކޮށް ތައްޔާރުކޮށް އުޅޭ އެ ނޫން ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފެއްދުމަށް ރަށު ފެންވަރުގައްޔާއި ފަރުދީ ފެންވަރުގައި ޤާއިމްކުރާ ތަންތަނުގެ ތެރެއިން ދުވާލަކު ތިން ޓަނަށްވުރެ މަދުން މަސް ގަނެ ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ހުރި ތަންތަން މި ގަވާއިދުން އިސްތިސްނާ ވާނެއެވެ.