ޖުމުލަ 8000 ރުފިޔާގެ އިނާމާއެކު، ކަނޑުގެ ދުވަހުގެ ކުރެހުމުގެ މުބާރާތެއް ބާއްވަން ފިޝަރީޒް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
"އަހަރެންގެ ކަނޑު" ތީމްގެ ދަށުން މި މުބާރާތް ހުޅުވާލާފައު ވަނީ އުމުރުން ހަތް އަހަރާއި13 އަހަރާ ދެމެދުގެ ކުދިންނަށެވެ. މުބާރާތުގައި ބައިވެރި ވުމުގެ ސުންގަޑިއަކީ، ބުރާސްފަތި ދުވަހުގެ12:00 އެވެ.
މި މުބާރާތުގައި ބައިވެރި ކުރާ ކުރެހުންތައް ފޮނުއް ޖެހެނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް (ހ.ވެލާނާގެ، 7 ވަނަ ފަންގިފިލާ) އަށެވެ.
މިބާރާތުގެ ވަނަތައް:-
ކުރެހުން ވާންޖެހޭނ،ީ އޭ 3 ސައިޒްގައި ކުރަހާފައިވާ ކުރެހުމަކަށެވެ. އަދި ހުށަހަޅާ ކޮންމެ ކުރެހުމަކާއެކު ކުރެހުމުން ދޭންބޭނުންވާ ތީމާ ގުޅޭ މެސެޖެއް ނުވަތަ ކެޕްޝަނެއް ހިމަނަންޖެހެއެވެ. މެސެޖް ނުވަތަ ކެޕްޝަން ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ނުވަތަ ދެބަސް ހިމެނޭގޮތަށްވެސް ހުށަހެޅިދާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
އެހެނިހެން ކަންތައްތައް:
• މުބާރާތުގެ އެއްވަނ،ަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ކުރެހުން އަދި "ފޭންސް ފޭވަރިޓް ޑްރޯވި ންގ " ކުރެހި ފަރާތްތަކަށް އިނާމު ދިނުން އޮންނާނީ 2024 ޖޫން 8 ވަނަދުވަހު މިނިސްޓްރީގެ ފަރާތުން ބާއްވާ " ކަނޑު ރޯދި އުފާ ފެސްޓި ވަލް " ނިންމުމުގެ ރަސްމިއްޔާތުގައެވެ.
• މުބާރާތަށް ފޮނުވާ ކުރެހުމަކ،ީ އެ ކުރެހުން ކުރެހި ފަރާތެއްގެ އަމިއްލަ އުފެއްދުމަކަށް ވާންވާނެއެވެ. ހުށަހެޅިފައިވާ ކުރެހުމަކ،ީ އެހެން ފަރާތެއްގެ އުފެއްދުމެއް، މިލްކެއްކަމަށް މި މިނިސްޓްރީއަށް ފާހަގަ ކުރެވިއްޖެ ހާލަތެއްގައި އިތުރު އެންގުމަކާ ނުލައި އެ ކުރެހުމެއް މުބާރާތުން ވަކިކުރެވޭނެއެވެ.
• އެހެން ފަރާތެއްގެ ކުރެހުމެއް މުބާރާތުގައި ބައިވެރިކޮށްގެން އެއްވެސް ޒިންމާއެއް އުފުލަން ޖެހިއްޖެނަމަ، އެ ޒިންމާއެއް އުފުލަންޖެހޭނީ ކުރެހުން ހުށަހެޅި ފަރާތަކުންނެވެ.
• މުބާރާތަށް ހުށަހެޅޭ ކުރެހުންތައް ފިޝަރީޒް މިނިސްޓްރީގެ އެކިއެކި ކަންކަމުގައި ބޭނުންކުރެވޭނެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7614000 އަށް ގުޅުމަށް ފިޝަރީޒް މިނިސްޓްރީން އެދެއެވެ.