ފާނައިގެ ބާވަތްތަކަކީ ޙަޔަވީގޮތުން ގިނަ ތަފާތުތަކެއް އެކުލެވ،ޭ ދަރިމައިވެ އާލާވާ ގޮތްވެސް އެއްބާވަތާއި އަނެއް ބާވަތާ ދެމެދު ތަފާތު މަހެކެވެ. ނަމަވެސ،ް ދަރިމައިވުމުގެ މަރުޙަލާގައ،ި ފާނައިގެ ގިނަ ބާވަތްތަކުގެ މެދުގައި އެއްގޮތް ކަންތައްތަކެއް ހުރިކަންވެސް ފާހަގަ ކޮށްލެވެއެވެ.
ފާނައިގެ ގިނަ ބާވަތްތަކަކީ އަންހެންމަހުގެ ގޮތުގައި ފުރާވަރަށް އަރ،ާ އުމުރުގެ ވަކިހިސާބަކުން ފިރިހެން މަހަކަށް ޖިންސު ބަދަލުވާ (މޮނަންޑްރިކް ޕްރޮޓޮޖީނަސް ހަރމަފްރޮޑައިޓް) ބާވަތްތަކެކެވެ.
ނަމަވެސް ފާނައިގެ ބައެއް ބާވަތްތަކަކީ މިފަދައިން ޖިންސު ބަދަލުކުރާ ބާވަތްތަކެއް ނޫނެވެ. ފާނަ ޖިންސު ބަދަލުވުމަށް އަސަރު ކުރުވާ އެންމެ މުހިންމު އެއް ކަމަކ،ީ ބިސްދޫކުރަން ޖަމާވާ ފާނައިގެ ޖަމާވުންތަކުގައި ފިރިހެން މަސް ނިސްބަތުން ތިބި މިންވަރެވެ.
ފާނައިގެ ގިނަ ބާވަތްތަކަކީ އުމުރު ދިގު، ލަހުން ބޮޑުވާ އަދި ލަހުން ފުރާވަރަށް އަރާ ބާވަތެއްގެ މަހެކެވެ.
އެހެންނަމަވެސް ޕްލެކްޓްރޮޕޯމަސް ޖީނަސްއަށް ނިސްބަތްވާ ބާވަތްތަކަކީ ފާނައިގެ އެހެން ބާވަތްތަކާ އަޅައި ބަލާއިރު، ނިސްބަތުން އަވަހަށް ބޮޑުވެ، އަވަހަށް ފުރާވަރަށް އަރާ ބާވަތްތަކެކެވެ. ފާނައިގެ ސައިޒާއި ފުރާވަރަށް އަރާ ސައިޒް ފާނައިގެ ބާވަތްތަކުގެ މެދުގައްޔާއ،ި އެއްބާވަތުގެ ވަކިވަކި ފާނައިގެ މެދުގައިވެސް ތަފާތުވެއެވެ.
ފާނައަކީ އައިން ހަދައިގެން އުޅޭ މަހެއް ނޫނެވެ. އެހެންނަމަވެސް، ފާނައިގެ ގިނަ ބާވަތްތައް ބިސްދޫކުރުމަށް އެއް ސަރަޙައްދަކަށް ޖަމާވެ އުޅެއެވެ. މިގޮތަށް ޖަމާވާ ޖަމާވުންތަކުގެ ސައިޒް ފާނައިގެ އެކި ބާވަތްތަކުގެ މެދުގައި ތަފާތެވެ. އަދި ފާނައިގެ ބައެއް ބާވަތްތައް އަބަދުވެސް ޖަމާވަނީ އެއް ސަރަޙައްދަކަށެވެ.
މިފަދަ ޖަމާވުންތައް ހަނދުގެ ދައުރުވުމާ ގުޅިފައިވެއެވެ. އަދި އާންމު ގޮތެއްގައި ފާނަ ބިސްދޫކުރުމަށް ޖަމާވަނީ ހަނދުފޮއި އަދި ކަޅުފޮއި ދުވަސްވަރުގައެވެ. މިފަދަ ޖަމާވުންތައް މަދު ދުވަސްކޮޅަކަށް ނުވަތަ އެތައް ހަފްތާއަކަށް ވެސް ދިގުދެމިގެންދެއެވެ.
މިގޮތަށް ބިސްދޫކުރުމަށް ޖަމާވާ އަންހެން ފާނަ ބިސްތައް ލޮނުގަނޑުގެ ތެރެއަށް ދޫކޮށްލައެވެ. އަދި ބިހާއ،ި ފިރިހެން ފާނަ
ދޫކުރާ ދަރިފަނި ލޮނުގަނޑުގެ ތެރޭގައި ގުޅ،ި ކަނޑުގެ އޮޔާއެކު ދަތުރުކުރެއެވެ. ބިސްފީވެ، އުފަންވާ ފާނައިގެ ޅަ ފަނި (ލާވާ) ވެސް ޅަ ފާނައަށް ބަދަލުވަންދެން އޮޔާއެކު ދަތުރުކުރެއެވެ.
ފާނައިގެ ފަނި ޅަ ފާނައަށް ބަދަލުވުމުން، މުރަކަ ފަރުތަކާއި ޗަސްބިން އަދި މޫދުވިނަ ފަދަ ޅަ ފާނަ އާލާވުމަށް މަގުފަހި ކޮށްދޭ މާޙައުލުތަކުގައި ވަޒަންވެރިވެއެވެ. ފާނަ ބޮޑުވުމުން ފަރުތަކުގެ ފުން ހިސާބުތަކަށް ދަތުރުކުރެއެވެ. ބޮޑެތި ފާނަ އާންމު ގޮތެއްގައި އުޅެނީ އެކަހެރިކޮށެވެ.