GPNJlhIbMAAFGYo

މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަންއާއެކު މަޝްވަރާކޮށްފި

މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއި، ޔޫރަޕިއަން ޔޫނިއަންއާއެކު މަޝްވަރާކޮށްފިއެވެ.

މަސްވެރިކަމުގެ އެއްބާރުލުމާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަންއާ އެކު ބޭއްވި ސީނިއާ އޮފިސަރުންގެ ބައްދަލުވުމުގައި ވަނީ މިނިސްޓްރީގެ ފަރާތުން ބަޔާން އިއްވާފައެވެ. އެ ބަޔާނުގައި، މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ ދެމެދު ގާތް އެއްބާރުލުން ދިނުމުގެ ބޭނުންތެރިކަން ފާހަގަކޮށްފަ އެވެ.

އަދި އިންޑިއާ ކަނޑުގައި ކަޅުބިލަމަހާއި އާއި އެފަދަ ބާވަތްތައް ބެލެހެއްޓުމުގެ މުހިންމުކަމާ މެދުވެސް ވަނީ ވާހަކަ ދައްކާފައެވެ.

މީގެ އިތުރުން، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 28 ވަނަ ޖަލްސާ ކާމިޔާބު ކުރުމަށްޓަކައި އީޔޫއިން ދެއްވި އެއްބާރުލުމަށް ރާއްޖެއިން އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!